އަކްޝޭ އާއި އަޖޭ، މި ދެއްކީ އެހެން މީހުންނަށް ރިވެތި ނަމޫނާ މިސާލެއް

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަންގެ އައު ފިލްމުތައް އެއް ދުވަސްވަރެއްގައި ރިލީޒްކުރަން ކުރިން އޮތީ ތާވަލުކުރެވިފައެވެ. އެހެންނަމަވެސް، އަކްޝޭގެ "ވެލްކަމް ޓު ދަ ޖަންގަލް" ޖޫން މަހުގެ ސައްބީސްވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވުމާއެކު، ދެ ފިލްމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އަޖޭ ވަނީ އޭނާގެ ފިލްމު "ދަމާލް 4" ރިލީޒްކުރުން ފަސްކޮށްފައެވެ. ދެ ފަންނާނުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު ނިންމި މި ނިންމުމަކީ ވާދަވެރިކަމަށްވުރެ އެއްބައިވަންތަކަން އިސްކުރިކަން އަންގައިދޭ ނަމޫނާ އަމަލެއްކަމަށް ފިލްމީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.

  • އަކްޝޭ ކުމާރުގެ "ވެލްކަމް ޓު ދަ ޖަންގަލް" ރިލީޒްކުރާނީ ޖޫން މަހުގެ ސައްބީސްވަނަ ދުވަހުއެވެ.
  • އަޖޭ ދޭވްގަންގެ "ދަމާލް 4" ކުރިން ތާވަލުކުރެވިފައި އޮތީ ޖުލައި މަހުގެ ތިންވަނަ ދުވަހަށެވެ.
  • ދެ ފިލްމު އެކުގައި ނެރުމުން ލިބިދާނެ ވިޔަފާރީގެ ގެއްލުންތަކުން ސަލާމަތްވުމަށް ދެ ތަރިން ވަނީ ދުރާލާ މަޝްވަރާކޮށްފައެވެ.
  • މި ނިންމުމުގެ ސަބަބުން ބޮލީވުޑްގެ ތަރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ.
  • "ދަމާލް 4" ގެ މުހިންމު ތަރިންގެ ތެރޭގައި އަޖޭގެ އިތުރުން ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ އަދި ސަންޖޭ މިޝްރާ ފަދަ މަޝްހޫރު ފަންނާނުން ހިމެނެއެވެ.
  • ވިޔަފާރީގެ ވާދަވެރިކަމަށްވުރެ ފަންނާނުންގެ މެދުގައި އޮންނަ ގުޅުމާއި އެކުވެރިކަން މުހިންމުކަން.
  • ދުރާލާ މަޝްވަރާކޮށްގެން ފިލްމުތަކަށް ލިބިދާނެ މާލީ ގެއްލުންތައް ކުޑަކުރެވޭނެކަން.
  • އެހެން މީހުންނަށް އިހުތިރާމްކުރުމަކީ ކާމިޔާބީގެ އަސްލުކަން ސާބިތުކޮށްދިނުން.

ބޮލީވުޑްގެ މަގުބޫލު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އާއި އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ދެ ފިލްމު އެއް ދުވަސްވަރެއްގައި ރިލީޒްކުރާގޮތަށް އޮތްނަމަވެސް ދެ އެކްޓަރުންގެތެރެއިން އެކަކު ފަހަތަށްޖެހި ދެއްކީ ވަރަށް ރީތި ލާމަސީލު ނަމޫނާއެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އާދަޝް ބުނެފިއެވެ.

މީގެކުރިން ރޭވިފައި އޮތް ގޮތުން އަޖޭ މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "ދަމާލް 4" ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ރިލީޒްކުރާ ތާރީޚާއި ދާދި ކައިރި ތާރީޚެއްގައެވެ.

އަކްޝޭގެ ފިލްމު މި އަންނަ ޖޫން މަހުގެ 26ގައި ރިލީޒްކުރަން ތާވަލުކުރިއިރު އަޖޭގެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހަށެވެ.

މި ތާރީޚުގައި އަޖޭގެ ފިލްމު ރިލީޒްކޮށްފިނަމަ އޭގެ ސަބަބުން ދެ ތަރިންގެ ފިލްމަށް ވެސް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމަށް ނިންމައި އަޖޭ ވަނީ "ދަމާލް 4" ރިލީޒްކުރާ ތާރީޚު ފަސްކޮށްފައެވެ.

އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން ޑައިރެކްޓަރު ރޯހިތު ޝެޓީއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ނިންމުން ނިންމީ ދެ އެކްޓަރުންގެ މެދުގައި ވެސް އެކަމާގުޅޭގޮތުން މަޝްވަރާތަކެއް ކުރުމަށްފަހުއެވެ. އަކްޝޭގެ ނިންމުމަށް އިހުތިރާމްކޮށް އަޖޭގެ ހެއްވާ މަޖާ ފިލްމު "ދަމާލް 4" ރިލީޒްކުރުން ފަސްކުރަން ނިންމި ނިންމުމަކީ ފިލްމު އިންޑަސްޓްރީގެ ފަންނާނުންގެ މެދުގައި އޮންނަ ވާދަވެރިކަމަށްވުރެ ބޮޑަށް އެއްބައިވަންތަކަން ދައްކުވައިދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކޮމެޑީ ފްރެންޗައިސް "ދަމާލް"ގެ ފަހު ފިލްމުގެ ކާސްޓުގައި ހިމެނެނީ، އަޖޭ، ރިތޭޝް ދޭޝްމުކް، އަރުޝަދު ވާރްސީ، ސަންޖޭ މިޝްރާ، ޖާވިދު ޖެފްރީ، އީޝާ ގުޕްތާ، ސަންޖީދާ ޝޭހް، އަންޖަލީ އާނަންދު އަދި ރަވީ ކިޝަންއެވެ.

comment ކޮމެންޓް