އަރުބާޒާއި ޝޫރާގެ ދަރިފުޅުގެ ނަމަކީ 'ސިޕާރާ'

އަރުބާޒް ޚާން އަންހެނުން ޝޫރާ ޚާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު އަރުބާޒު ޚާނާއި ޝޫރާގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ނަން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ އެންމެ މަގުބޫލު އެއް ފިލްމީ އާއިލާއަށް ނިސްބަތްވާ އަރުބާޒު ޚާންގެ ދެވަނަ ދަރިފުޅުގެ ނަމަކީ ސިޕާރާ ޚާންކަން އިއުލާނުކޮށް ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނުކަން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

މޭކަޕް އާޓިސްޓެއްގެ ގޮތުގައި ބޮލީވުޑްގައި މަސައްކަތް ކުރަމުން އައި ޝޫރާ ޚާނާއި ދަރިފުޅު މިހާރު ގެއަށް ދޫކޮށްލާފައިވާއިރު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އަރުބާޒާއި އަންހެނުން ޝޫރާއަށް ކުއްޖަކު ލިބުމުގެ އުފަލުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތަހުނިޔާގެ މެސެޖުތައް ބަދަލުކޮށްފައެވެ.

ހަމައެއާއެކު ދެމައިން ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުގެ ކުރިން އެ އާއިލާގެ އެކި މެންބަރުން ވަނީ އަރުބާޒުގެ އަންހެނުންނަށާއި ދަރިފުޅުގެ ގާތަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އަރުބާޒުގެ ބޭބެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އަދި ސޮހެއިލް ޚާން ވެސް ހިމެނެއެވެ.

އަރުބާޒު ޚާން އަދި ކުރީގެ އަނބިމީހާ މަލައިކާ ދަރިފުޅު އަރްހާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ދަރިފުޅުގެ ނަން އިއުލާނުކުރުމަށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އަރުބާޒުގެ ދެމަފިރިން ވަނީ ދަރިފުޅު ލިބުމާ ގުޅިގެން ސަޕޯޓަރުންގެ ފަރާތުންނާއި ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރު އަދާކޮށްފައެވެ.

އަރުބާޒާއި ޝޫރާ ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރެއްހާ ދުވަސް ފަހުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 24ގައެވެ. ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ އަރުބާޒު ޕްރޮޑިއުސްކޮށް ބަތަލާ ރަވީނާ ޓަންޑަން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ޕަތުނާ ޝުކްލާ"ގެ ފިލްމު ސެޓުންނެވެ.

އޭރު ޝޫރާ މަސައްކަތް ކުރަމުން ދިޔައީ ރަވީނާގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައެވެ. އަރުބާޒަށް ދެވަނަ ކުއްޖަކު ލިބުނުއިރު އޭނާގެ އަލަތު ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅު އަރްހާން ޚާނަށް މިހާރު 22 އަހަރެވެ.

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ މަލައިކާ އަރޯރާއާ އެކު ކުރެވުނު އެ ކައިވެނި ރޫޅާލިކަން އިއުލާނުކުރީ ކައިވެންޏަށް ގާތްގަނޑަކަށް 19 އަހަރުވީ ފަހުންނެވެ.

comment ކޮމެންޓް