ހުޅުމާލެއާއި އައްޑޫ ސިޓީން މިއަދު ހިލޭ ކޮފީއެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ، ހުޅުމާލޭގައި ހުންނަ، އެ ކުންފުނީގެ މައި އޮފީހުން ކޮފީ ސްޓޭޓް ރެސްޓޯރެންޓުގެ ކޮފީ ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން 15:00އިން 18:00އަށް ހިލޭ ކޮފީ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެކްސްޕީރިއެންސް ސެންޓަރުން ވެސް މި ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން ނޮޑީސް ކޮފީގެ ކޮފީއެއް، އެ ސެންޓަރުން 15:00އާއި 18:00އާ ދެމެދު ލިބެން ހުންނާނެއެވެ.
އުރީދޫން އެ ފުރުސަތު ހުޅުވާލަނީ ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅުވައިފައެވެ.