އުރީދޫ ފަން ރަން ޑިސެމްބަރު 19ގައި، ރެޖިސްޓްރޭޝަން މި މަހު 19ގައި

އުރީދޫން މީގެ ކުރިން ބޭއްވި 'ފަން ރަން'އެއްގެ ތެރެއިން -- ފޮޓޯ/ އުރީދޫ

ހުޅުމާލޭގައި ބާއްވާ އުރީދޫ ފަންރަން އަންނަ ޑިސެންބަރު މަހު 19ގައި ބާއްވާނެ ކަމަށާއި މި މަހު ރެޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އުރީދޫން ބުނީ، ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ ހަރަކާތެއް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު ބައިވެރިވާ އުރީދޫ ފަން ރަންއަކީ ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަމުގެ އިތުރުން، އުފާވެރިކަމާއި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރިއެވެ.

މި އަހަރުގެ އެޑިޝަނަކީވެސް ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓު ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި ބާއްވާ އުރީދޫ ފަންރަންގެ ރެޖިސްޓްރޭޝަންއަށް މި މަހުގެ 19ގައި ހުޅުވައިލާނެ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެންނަށް އުރީދޫން ދައުވަތު ދެއެވެ. އަދި މި ހަރަކާތުގައި ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ ފަން ރަންގެ ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާ ގުޅޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް