އެއްވެސް އިރަކު އިންސްޓަގްރާމްގައި ދީޕިކާ ފޮލޯ ނުކުރާ ކަމަށް ފަރާ ބުނެފި

ފަރާ ޚާން އަދި ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން އާއި ޑައިރެކްޓަރު ފަރާ ޚާން އެކަކު އަނެކަކަށް އިންސްޓަގްރާމްގައި އަންފޮލޯ ކުރި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނުމުން އެކަމަށް ފަރާ ރައްދު ދީފިއެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު ކޮރިއަގްރާފަރު ފަރާ ޚާން ބުނީ އެއްވެސް އިރަކު އިންސްޓަގްރާމްގައި ދީޕިކާ ފޮލޯ ނުކުރާ ކަމަށެވެ.

ދެ މީހުން އެކަކު އަނެކަކަށް އިންސްޓަގްރާމްގައި ފޮލޯ ނުކުރަން ނިންމީ ފިލްމު "ހެޕީ ނިއު އިޔާ"ގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރު ކަމަށް ފަރާ ވަނީ ބުނެފައެވެ.

އެގޮތަށް ނިންމީ ދީޕިކާ އާއި މުއާމަލާތު ކުރުމަށް އިންސްޓަގްރާމް ބޭނުން ކުރަން ބޭނުން ނުވާތީ ކަމަށާއި އެއީ ދެ މީހުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށް ފަރާ ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ފަރާ ޚާން އަދި އެކްޓަރު އަމީތާބް ބައްޗަންއާ އެކު--ފޮޓޯ/އިންޑިއާފޯރަމް

މިހާތަނަށް ދީޕިކާގެ އުފަންދުވަހާ ގުޅިގެން ތަހުނިޔާގެ މެސެޖެއް ވެސް އިންސްޓަގްރާމް މެދުވެރިކޮށް ފަރާ ފޮނުވާފައި ނުވާނެ ކަމަށާއި އިންސްޓަގްރާމް މެދުވެރިކޮށް އުފަންދުވަހުގެ މެސެޖު ފޮނުވުމަކީ ބަތަލާ ވަރަށް ފޫހިވާ ކަމެއް ކަމަށް ފަރާ ވަނީ ބުނެފައެވެ.

ފަރާގެ ޔޫޓިއުބްގައި ދީޕިކާ ޝޫޓިންގްގައި ހޭދަކުރާ ވަގުތު 8 ގަޑިއިރަށް ބަދަލުކުރިކަން ފާހަގަކުރީ އެ ޝޯގެ ހޯސްޓު ދިލިޕް ވެސް މަސައްކަތުގައި ހޭދަކުރާ ވަގުތު އެ ވަރަށް ބަދަލުކުރަން ބުނާނެ ކަމަށް ވިސްނާފައި ސަމާސާއަކަށް ކަމަށް ފަރާ ބުނެފައިވެއެވެ.

ފަރާ ބުނިގޮތުގައި ފިލްމީ ތަރިންނާ އެކު އޮންނަ ގާތް އެކުވެރި ކަމަކީ އެންމެންނަށް ފާޅުގައި އަންގަންޖެހޭ ކަމެއް ނޫންކަމަށާއި ނޫސް ރިޕޯޓަރުންނަށް އެކަން އިޝްތިހާރު ކުރަން ނުޖެހޭ ކަމަށެވެ.

ދީޕިކާ އާއި ރަންވީރަށް އަލަތު ދަރިފުޅު ދުއާ ލިބުމުން އެންމެ ފުރަތަމަ އެ ދެމަފިރިންނަށް ޒިޔާރަތްކުރި މީހުންގެތެރޭ ފަރާ ހިމެނޭ ކަމަށާއި އެ ހުރިހާ ކަމަކީ ކޮންމެހެން އިންސްޓަގްރާމް ނުވަތަ ސޯޝަލް މީޑިއާގައި އިޝްތިހާރުކުރަންޖެހޭ ކަންކަން ނޫން ކަމަށް ފަރާ ވަނީ ބުނެފައެވެ.

އެހެންކަމުން ފަރާ އާއި ދީޕިކާގެ މެދުގައި އެއްވެސް ކަހަލަ މައްސަލައެއް ނުޖެހި ދެ މީހުންގެ އެކުވެރިކަން އެގޮތުގައި އޮތްކަން އެނގުމަކީ ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕިންކްވިލާގެ އިންޓަވިއުގައި ފަރާ ބުނެފައި ވަނީ އިންޑިއާގެ ނޫސްތަކުން ޚަބަރުތައް ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ނުބަލައިފިނަމަ އޭގެ ސަބަބުން ދޭދޭ ގުޅުމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

comment ކޮމެންޓް