މާލޭގައި ހުންނަ ކޮފީ ސްޓޭޓް ރެސްޓޯރެންޓުން ދިރާގު ކަސްޓަމަރުންނަށް މާދަމާ ސްޕެޝާލިޓީ ކޮފީއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މައުލޫމާތު ދިން ގޮތުގައި މި އޮފާ ހުޅުވާލައިފައިވަނީ އެ ކުންފުނީގެ 37 ވަނަ އަހަރީ ދުވަހާއި އިންޓަނޭޝަނަލް ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
އެ އޮފާގެ ދަށުން، ކޮފީ ސްޓޭޓުގެ މަގުބޫލު ދެ ސްޕެޝާލިޓީ ކޮފީއެއް ކަމަށްވާ އޮރެންޖް ޓްވިސްޓްއާއި ސްޕައިސްޑް ޑާކް ޗޮކްލެޓް އޮރެންޖް ކޮފީ ހިލޭ ލިބެން ހުންނާނެއެވެ.
މާލޭގެ ސަބުދެލި މަގުގައި ހުންނަ ކޮފީ ސްޓޭޓުގައި މި އޮފާ ކުރިއަށްދާނީ ހަވީރު 16:00އިން 18:00އާ ދެމެދެވެ. އެގޮތުން ކޮފީ ސްޓޭޓަށް ގޮސް ދިރާގު އެޕް ދައްކާލުމުން ހިލޭ ކޮފީ ލިބޭނެއެވެ.
ދިވެހީންގެ ގުޅުން، ދިރާގު އުފައްދާފައިވަނީ އޮކްޓޫބަރު 1، 1988ގައެވެ.