ދިރާގުގެ 37 ވަނަ އަހަރީ ދުވަހަށް ޚާއްސަކޮށް ކަސްޓަމަރުންނަށް އޮފާތަކެއް ތައާރަފުކޮށްފިއެވެ.
މި އޮފާތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
އެ ބައްދަލުވުމުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ ދިރާގުގެ ދަތުރުގެ ބައިވެރިން ކަމަށްވާ ކަސްޓަމަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި، މިއަދާ ހަމައަށް ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް ކުންފުނީގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް." އޭނާ ވިދާޅުވިއެވެ.

ދިރާގުގެ 37 ވަނަ އަހަރީ ދުވަހަށް ޚާއްސަ އޮފާތަކެއް އިއުލާންކުރުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ އޮފަތަކަކީ:
• 37ޖީބީ ހިލޭ، 24 ގަޑިއިރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ
• ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބޭނެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ.
• އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
• ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.

ދިރާގުގެ 37 ވަނަ އަހަރީ ދުވަހަށް ޚާއްސަ އޮފާތަކެއް އިއުލާންކުރުން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެއެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން 1988އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފައެވެ.