މާލޭން އެންމެ ގިނަ ވައްތަރުގެ އަބާޔާ އެއް ތަނަކުން ލިބެން ހުންނަ ސަގޯ ޗޮއިސްއިން، ޓީޗަރުންގެ ދުވަހަށް ޚާއްސަކޮށް ސޭލްއެއް ފަށައިފިއެެވެ.
އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި ސަތޭކަ ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ސަގޯ ޗޮއިސް: މި ފިހާރައިގައި ޓީޗަރުންގެ ދުވަހާ ދިމާކޮށް ވަނީ ސޭލްއެއް ފަށާފައި ---- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެކި މުނާސަބަތުތަކާ ގުޅޭ އަބާޔާތައް ލިބެން ހުންނަ ސަގޯ ޗޮއިސްގައި ކުޑަކުދިންގެ ހެދުންތައް ވެސް ލިބެން ހުންނާނެއެވެ.
އެ ފިހާރައިން އޮފީހަށް ޚާއްސަ ހެދުންތަކާއި ޕާޓީތަކުގެ ލާނެ ހެދުންތަކާއި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ދަބަސްތައް ވެސް ލިބޭނެއެވެ. އަދި، ގޭތެރެ ޒީނަތްތެރި ކުރާނެ އެކި ތަކެއްޗާއި ހަދިޔާއަކަށް ދޭނެ ތަކެތި ވެސް ލިބެން ހުންނާނެއެވެ.

ސަގޯ ޗޮއިސްގައި ހުރި އަބާޔާތަކެއް: ޓީޗަރުންގެ ދުވަހާ ދިމާކޮށް، އެ ފިހާރަައިގައި ވަނީ ސޭލްއެއް ފަށާފައި--- ފޮޓޯ/ ސަގޯ ޗޮއިސް
މާލޭގެ މަޖީދީމަގުގައި، އޮލިމްޕަސް ކައިރީގައި ހުންނަ ސަގޯ ޗޮއިސްއަކީ ތަފާތު ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ ދިވެހި ކުންފުންޏެއް ކަމަށްވާ، ސަގޯ ގުރޫޕުގެ ދަށުން ހިންގާ ފިހާރައެކެވެ. އެ ކުންފުނިން މާލެއާއި ދުބާއީއާއި އިންޑިޔާގައި ވެސް ވިޔަފާރިކުރެއެވެ.
މި ފިހާރަ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 09:00އިން 12:00އަށެވެ. އަދި މެންދުރު 14:00އިން 18:00ގެ އިތުރުން ރޭގަނޑު 20:00އިން 23:00 އަށެވެ.
ހުކުރު ދުވަހު 14:00އިން 18:00އަށް އަދި ރޭގަނޑު 20:00އަށް 23:00އަށް ހުޅުވާފައި ހުންނާނެއެވެ.
މި ފިހާރައިން އޮންލައިކޮށް ތަކެތި ބައްލަވައި ގަންނަ ފަރާތްތަކަށް މާލެ ސަރަހައްދުގައިއާއި ބޯޓުތަކާއި ފެރީތަކަށް ހިލޭ ޑިލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.