އެޑްވަޓޯރިއަލް: ރާއްޖޭގެ ފުރަތަމަ، ވޯޓާ ޕްރޫފް ޕަވާ ޓޫލް ބްރޭންޑުގެ ޝޯރޫމް ހުޅުވާލައިފި

ޑީވައިކޭ ޝޯރޫމް: މިއީ ރާއްޖޭގައި އަލަށް ހުޅުވި ވޯޓާ ފްރޫފް ޕަވާ ޓޫލް ބްރޭންޑުގެ ޝޯ ރޫމެވެ ---- ފޮޓޯ/ ޑީވައިކޭ މޯލްޑިވްސް

ރާއްޖޭގެ ފުރަތަމަ، ވޯޓާ ޕްރޫފް އަދި، ޑަސްޓް ޕްރޫފް ޓޫލް ބްރޭންޑް ކަމަށްވާ "ޑީވައިކޭ"ގެ ޝޯ ރޫމް ހުޅުވައިފިއެވެ.

މި ޝޯރޫމް ހުޅުވައިދެއްވީ، އޭބީސީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަހީބެވެ.

ޑީވައިކޭ ޕަވާ ޓޫލަކީ ދިވެހިރާއްޖޭގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މަސައްކަތްތެރިންނަށް ޚާއްސަކޮށް ތައާރަފުކުރި ޕްރިމިއަމް ކޮލެޓީގެ ޕަވާ ޓޫލް ބްރޭންޑެކެވެ.

ޑީވައިކޭ މޯލްޑިވްސްގެ ޓޫލްތައް ---- ފޮޓޯ/ ޑީވައިކޭ މޯލްޑިވްސް

މި ބްރޭންޑު ޚާއްސަވާ ކަމަކީ، މިއީ ވޯޓާ ޕްރޫފް އަދި ޑަސްޓް ޕްރޫޕް ޓޫލްސްތަކެއް ކަމުން ލޮނުގެ އަސަރުކޮށްގެން ނުވަތަ ފެން އެޅިގެން މި ޓޫލްތަކަށް އަސަރެއް ނުކުރާނެ ކަމެވެ.

މިއީ ދިވެހި މަސައްކަތްތެރިންނަށް ވަރަށް ބޭނުންތެރި ބްރޭންޑަކަށް ވާނެ ކަމަށް ޑީވައިކޭއިން ބުނެއެވެ.

ޑީވައިކޭ ޝޯރޫމް: މިއީ ރާއްޖޭގައި އަލަށް ހުޅުވި ވޯޓާ ފްރޫފް ޕަވާ ޓޫލް ބްރޭންޑުގެ ޝޯ ރޫމެވެ ---- ފޮޓޯ/ ޑީވައިކޭ މޯލްޑިވްސް

ރަށްދެބައި މަގު ހޮބިސްޓް ފިހާރައާ ޖެހިގެން ހުންނަ ޑީވައިކޭ ޝޯރޫމުން މާލެއާއި ހުޅުމާލޭގެ އިތުރަށް ބޯޓުތަކަށް ވެސް ހިލޭ ޑެލިވަރީކޮށްދެއެވެ.

"ޑީވައިކޭ" މެނޭޖްމަންޓުން ހާމަކުރާ ގޮތުގައި މި ބްރޭންޑަކީ ރާއްޖޭގެ އެކި މަސައްކަތު ސައިޓްތަކުގައި އަހަރަކަށް ވުރެން ގިނަ ދުވަހު ބޭނުންކޮށް، ތަޖުރިބާ ކުރުމަށްފަހު ތަޢާރަފު ކުރި ބުރޭންޑެކެވެ.

އަލަށް ހުޅުވި ފިހާރައިން، "ޑީވައިކޭ" ޓޫލްތަކުގެ ސްޕެއާ ޕާޓްސް ލިބެން ހުރުމާއެކު އާފްޓާ ސޭލްސް ސާވިސް ވެސް ލިބޭނެއެވެ.

މި ޓޫލްތަކާ ގުޅޭ މައުލޫމާތު 7373962އަށް ގުޅައިގެން ނުވަތަ ވަޓްސްއެޕްކޮށްގެން ނުވަތަ ވައިބާކޮށްގެން ލިބޭނެއެވެ. އަދި، ޑީވައިކޭ ބްރޭންޑްގެ ޓޫލްސްތަކާއި ބެހޭ މައުލޫމާތު ޑީވައިކޭ މޯލްޑިވްސްގެ އިންސްޓަގްރާމް ފޭސްބުކް އަދި ޓިކްޓޮކް ޕޭޖުން ލިބޭނެއެވެ.

comment ކޮމެންޓް