ނުވެސް ހިންގާ ގިނަ މީޑިއާތަކެއް ހިމެނޭހެން, އާ ކޮމިޝަނަށް ވޯޓު ލެވޭ 353 މީޑިއާއެއް

މީޑިއާތައް ކޮންޓްރޯލް ކުރާ ގާނޫނާ ދެކޮޅަށް ނޫސްވެރިންނާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން: މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް މެންބަރުން ހޮވާ އިންތިޚާބުގައި 353 މީޑިއާއަށް ވޯޓުލެވޭ ކަމަށް އީސީން އާންމުކުރި ލިސްޓުގައިވޭ --- ސަން ފޮޓޯ: އަޙްމަދު ފިރިޔަލް

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ނުބަލައި މި މަހު ތަސްދީގުކުރި މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އަންނަ މަހުގެ 11ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުންވަނީ މިއަދު އާންމުކޮށްފައެވެ. ޖުމްލަ 353 މީޑިއާއެއް ހިމެނޭ އެ ލިސްޓުގައި 335 ނޫހެއް އޮތްއިރު، ބްރޯޑްކާސްޓަރުންގެ ގޮތުގައި 18 މީޑިއާއެއް ރަޖިސްޓްރީކޮށްފައިވާކަން އިއުލާނާ އެކު އާންމުކުރި ލިސްޓުގައިވެއެވެ.

މިހާރު އެއްވެސް ގޮތަކަށް ނުހިންގާ ނޫސް މަޖައްލާތައް ވެސް އެ ލިސްޓުގައިވެއެވެ.

https://sun.mv/211512

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިއުލާނުގައިވާ ގޮތުން، މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ދީފައިވަނީ އިއުލާނުކުރިތާ އެންމެ 27 ގަޑިއިރެވެ. މިއަދު ހެނދުނު 11:51 ގައި ކުރި އެ އިއުލާނުގައިވާ ގޮތުން، މި ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާ މެންދުރު ފަހު 3 ޖަހާއިރެވެ.

އެ ކޮމިޝަންގެ އިއުލާނުގައި ބުނީ، ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަންގެ އިދާރާއާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

https://sun.mv/211885

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު އެ ދެ މުއައްސަސާ އެއްކޮށްލައިގެން އުފައްދާ މި މީޑިއާ ކޮމިޝަނަށް ކުރިމަތިލާން އީސީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ، ބްރޯޑްކާސްޓަރުން ތަމުސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމުސީލުކުރަން ދެ ގޮނޑިއަކަށެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.

އާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު އީސީން އާންމުކުރީ މިދިޔަ ބުދަ ދުވަހެވެ.

https://sun.mv/211816

އެ ކޮމިޝަނުން ގެޒެޓުކުރި ގަވާއިދުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށެވެ.

ގަވައިދުގައިވާ ގޮތުން، އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެ މުއްދަތުގައި ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކުން ކުރިމަތިލާތާ ދެ ދުވަހުގެ ތެރޭ އަންގަންވާނެއެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އދ. އާއި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ރާއްޖެއަށް ގޮވާލާފައެވެ.

comment ކޮމެންޓް