އޮގަސްޓުގައި ފަރުވާއަށް އެންމެ ގިނަ މީހުންނަށް އެހީ ދިނީ ކަރުންމަތީގެ ބަލިތަކަށް

މީހަކު މާސްކެއް އަޅައިގެން: އޮގަސްޓުގައި ފަރުވާއަށް އެންމެ ގިނަ މީހުންނަށް އެހީ ދިނީ ކަރުންމަތީގެ ބަލިތަކަށް --- ސަން/ މުހައްމަދު މުޒައްޔިން ނާޒިމް

ނިމުނު އޮގަސްޓު މަހު އެންމެ ގިނަ މީހުންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެހީ ދިނީ ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކަމަށް އެ އެޖެންސީން މިއަދު ބުނެފިއެވެ.

ބޭސް ކުރުމަށް ދަތިވާ މީހުންނަށް 'ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް'ގެ ތެރެއިން އެރާއްޖެއާއި ރާއްޖޭން ބޭރުން ކުރި ފަރުވާ ހިމެނޭ ގޮތަށް އެ އިދާރާއިން މިދިޔަ މަހު ވަނީ، 16 މިލިއަން ޚަރަދުކޮށްފައެވެ.

https://sun.mv/211887

އޭގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާދިނުމަށް ހޭދަކުރި 8.5 މިލިއަން ރުފިޔާއާއި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނުން ފަރުވާ ދިނުމަށް ޚަރަދުކޮށްދިން 8.3 މިލިއަން ހިމެނެއެވެ.

އެގޮތުން، މިދިޔަ މަހު އެންމެ ގިނައިން އެހީ ދީފައި ވަނީ، ކަރުންމަތީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެެ. އެ ފަދަ ބަލިތަކަށް 184 މީހަކަށް އެހީދިން އިރު، ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށް 172 މީހުންނަށް އެންސްޕާއިން އެހީ ހަމަޖައްސައިދިނެވެ.

އޭގެއިތުރަށް، ކެންސަރު ބަލީގެ ފަރުވާއަށް ވަނީ 170 މީހުންނަށް އެހީ ދީފައެވެ.

އިތުރަށް އެހީދިން ބަލިތަކާއި މީހުންގެ އަދަދު:

  • މައިބަދަ/ ނާރުގެ ބަލިތަކަށް 167 މީހުންނަށް އެހީ
  • ނޭވާލާ ނިޒާމުގެ ބަލިތަކަށް އެހީ ދިނީ 158 މީހުންނަށް
  • ވިހެއުމާ ގުޅޭ ކަންކަމަށް 127 މީހަކަށް ޚަރަދުކޮށްދިން
  • ކުޑަކުދިންގެ ބަލިތަކަށް 120 މީހަކަށް އެހީދިން
  • ކުޑަކަމުދާ ނިޒާމުގެ/ ކިޑްނީ ބަލިތަކާ ގުޅޭ 112 މީހުންނަށް އެހީ
  • ލޮލުގެ ބަލިތަކަށް އެހީ ހަމަޖައްސައިދިނީ 108 މީހުންނަށް

އިތުރު އެހެން ބަލިތަކަށް ވެސް އެންސްޕާއިން އެހީ ހަމަޖައްސައީދީފައިވާއިރު، އެންމެ މަދުން މިދިޔަ މަހު އެހީ ދިނީ ކޮންޖެނިޓަލް ޑިސްއޯޑާސްއަށެވެ. އެ ބައްޔަށް އެހީ ހަމަޖައްސައިދީފައި ވަނީ 10 މީހުންނަށެވެ.

comment ކޮމެންޓް