މީގެ ހަފުތާއެއް ކުރިން އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފައްދާ އާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވައިދު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އެ ކޮމިޝަނުން ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށެވެ.
ގަވައިދުގައިވާ ގޮތުން، އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެ މުއްދަތުގައި ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކުން ކުރިމަތިލާތާ ދެ ދުވަހުގެ ތެރޭ އަންގަންވާނެއެވެ.
އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން މަދުވެގެން ދެ ދުވަހުގެ ތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް، ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، މީޑިއާގެ ފަރާތުން އިންތިޚާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ބްރޯޑްކާސްޓް މީޑިއާތައް ތަމްސީލުކުރާ މެންބަރުން ހޮވަން ވޯޓުދެވޭނީ ބްރޯޑްކާސްޓް މީޑިއާތަކަށް ކަމަށާއި، ދެން ހޮވާ މެންބަރުންނަށް ބްރޯޑްކާސްޓް މީޑިއާތަކަށް ވޯޓު ނުދެވޭނެ ކަމަށް ވެސް، އެ ގަވައިދުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ގާނޫނުގައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ އޮފީހެއް އުފައްދަވައިފައެވެ.
ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން އިހުތިޖާޖުތައް ވެސް ކުރަމުން ދަނިކޮށް ރައީސް މީޑިއާ ކޮންޓްރޯލް ގާނޫނު ތަސްދީގުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މީޑިއާ ގާނޫނާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް:
- 39 ވަނަ މާއްދާގައި ނޫސްވެރިކަން ކުރެވޭނެ ވަކި ހަމަތަކެއް ކަނޑައެޅުން. ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މުޅި މާނަ އަނބުރާލައި، ނުނިޔަތުގައި ވަކިވަކި މާއްދާތަކުގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށް އޮތުން.
- މިސާލަކަށް: ގައުމީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތްއިރު، އެއީ ވަރަށް ފުޅާ މާނައެއްގައި މާނަކުރެވި ފިޔަވަޅު އެޅިދާނެ ކަމަކަށް ވުން.
- ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރާ މާއްދާއިން، ފަރުދުންގެ މިނިވަންކަމަށް އިހުތިރާމު ކުރުމާއި ދޮގު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް ބަޔާންކޮށްފައިވުން. އެ މާއްދާގައި ވެސް ވަރަށް ފުޅާކޮށް މާނަ ނެގޭ ގޮތަށް އޮތުމުން، ބާރުވެރި ފަރާތްތަކުން އޭގެ ފައިދާ ނެގުމުގެ ކަންބޮޑުވުން