36 ގަޑިއިރު: ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ

ސިފައިން ކަނޑުމަތީގައި: ކާގޯ ބޯޓުން ވެއްޓުނު މީހާ އަދިވެސް ނުފެނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހާދިސާއަށް 36 ގަޑިއިރަށްވުރެ ގިނައިރު ފާއިތުވިއިރު އަދިވެސް މާލެ ކައިރިއަށް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ ނުފެންނަ ކަމަށް ސިފައިން މިއަދު ބުނެފިއެވެ.

އެ ހާދިސާ ހިނގީ ހޯމަ ދުވަހުގެ ރޭ 11:35 އެހާކަންހާއިރެވެ. އެހެންވެ، ހާދިސާއަށް 36 ގަޑިއިރަށްވުރެ ގިނައިރުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އެ މީހާ ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/211698

ވިލިމާލެއާ ދިމާ ބޭރުގައި އޮތް އިންޑިއާގެ "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ ކާގޯ ބޯޓަކުން ގެއްލުނީ އެ ގައުމުގެ ރައްޔިތަކެވެ. އެ މީހާ ހޯދުމުގެ މަސައްކަތްކުރަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ދެވަނަ ސްކޮޑްރަނުންނެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް