ކުރީގެ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ޚަރަދުކުރި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކުރީގެ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ޚަރަދުކުރި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސްގެ ގޮތުގައި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު 18.9 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ޖުބްރާން ޝަރީފް ނަމަކަށް ކިޔާ މީހަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން މެއި މަހުގެ ނިޔަލަށް މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18،907،000 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދެނީ މަހަކު 24،000 ރުފިޔާއެވެ.

މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ގޮތުގައި 10 އަހަރުތެރޭ ޚަރަދުވި ތަފްސީލް:

  • 2014: 562،500ރ
  • 2015: 562،500ރ
  • 2016: 565،000ރ
  • 2017: 1،056،000ރ
  • 2018: 1،056،000ރ
  • 2019: 2،328،000ރ
  • 2020: 2،328،000ރ
  • 2021: 2،280،000ރ
  • 2022: 2،280،000ރ
  • 2023އިން 2024ގެ މެއި މަހުގެ ނިޔަލަށް: 2،280،000ރ
  • 2014ގެ މެއި މަހުން 2025ގެ މެއި މަހަށް: 3،624،000ރ

މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ޓްރެންޑަށް ބަލާއިރު އަހަރުން އަހަރަށް އެ ޚަރަދު ދަނީ ބޮޑުވަމުންނެވެ. ސަބަބަކީ ކުރިއަށް ވުރެ އެއް ދައުރުން އަނެއް ދައުރަށް މެންބަރުން އިތުރުވުމެވެ.

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ވެސް 93 މެންބަރުން ތިއްބަވައެވެ.

comment ކޮމެންޓް