ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިިއްޔާއަށް ދިޔަ ހުރިހާ ދިވެހި ހައްޖުވެރިން ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭން މީހުން ހައްޖަށް ގެންދަން ލިބިފައިވާ އެއް ހާސް ކޯޓާގެ ތެރެއިން, ދިވެހީން ހައްޖަށް ގޮސްފައިވަނީ މިދިޔަ މަހުގެ 26 އިން 30 އާ ދެމެދު ހަތަރު ފްލައިޓެއްގައެވެ.
އަޅުކަމަށް ފަހު, ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުއެވެ. ދެވަނަ ގްރޫޕް ހޮނިހިރު ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިދިޔަ ހޯމަ ދުވަހެވެ. އަދި ހައްޖާޖީންގެ ފަހު ގްރޫޕް ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މި އަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ދިވެހި ހައްޖުވެރިންނަށް ލުއި އަހަރެކެވެ. އެގޮތުން ހައްޖުވެރިން މުޅިން އަލަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދަތުރުކުރިއިރު، އެއާޕޯޓްގައި ގިނައިރު މަޑުނުކޮށް ފްލައިޓުން ފައިބާ ގޮތަށް މައްކާއަށް އެތެރެވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މި އަހަރު މަތިކޮށްފައެވެ.