އޫރީދޫއިން ހަތަރު ވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި، އަދި ދެ އޭޓީވީ ދޫކުރާނެ

އޫރީދޫއިން ހަތަރު ވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި؛ އަދި ދެ އޭޓީވީ ދޫކުރާނެ -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރު ވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

އުރީދޫއިން ދޫކުރި ހަތަރުވަނަ އޭޓީވީގެ ނަސީބުވެރިޔަކަށް ހޮވުނީ ލ. މާބައިދުއަށް ނިސްބަތްވާ ފާތިމަތު އަޒުމާއެވެ.

މި ޕްރޮމޯޝަންގެ ދަށުން މިއަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އޭޓީވީ ލިބުނު ހަތަރުވަނަ ނަސީބުވެރިޔާކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

ނިމުނު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަން މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބޭނެއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އެހެންކަމުން ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) ސުޕަނެޓް، ފަސޭހަ، ނުވަތަ ފައިވްޖީ، އެއާ ފައިބާ ފަދަ ޚިދުމަތެއް ބޭނުންކޮށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަ ކުރަންޖެހެއެވެ.

ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ޚިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި ގުރުއަތުލާ ދުވަހާއި ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް އެކްޓިވްކޮށް ބަހައްޓަންވާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނަކީ މިހާރު އުރީދޫ ބޭނުންކުރާ އަދި މި މުއްދަތުގެ ތެރޭގައި އުރީދޫ އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮމޯޝަނެކެވެ،

އުރީދޫއިން ވަނީ މިހާރު ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް، ގްރޭންޑް ޕްރައިޒް (6 ވަނަ ގުރު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަަމަށާއި މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ.

comment ކޮމެންޓް