ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި

ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ހަމަޖައްސައި، ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަށް ވަނީ ފަށާފައެވެ.

  • ގިވްއަވޭގެ ނަސީބުވެރިންގެ ގޮތުގައި ތިން ފަރާތެއް ވަނީ ހޮވާފައެވެ.
  • ނަސީބުވެރިންނަށް އިތުރު މީހަކާއެކު ޒިޕްލައިން ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެއެވެ.
  • ދިރާގު އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ޚިދުމަތްތަކުން ފަސް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
  • އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
  • ދިރާގު އެޕް މެދުވެރިކޮށް ޑިޖިޓަލް ކާޑު ދައްކައިގެން ޑިސްކައުންޓް ހޯދޭނެއެވެ.
  • ކަސްޓަމަރުންނަށް އައު ތަޖުރިބާތަކާއި ލުއިފަސޭހަތައް ހޯދައިދިނުމަކީ ކުންފުނީގެ އަމާޒެކެވެ.
  • މި ޕާޓްނަޝިޕްގެ ދަށުން ދިރާގާއި ކަސްޓަމަރުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗާ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 28އިން މިދިޔަ މެއި މަހުގެ 31އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު މީހަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިންނަކީ:

1. @Salwakamari_

2. @Hamdhoon.ibraahim

3. @She.Hero

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ޚިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.

ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައި ދިނުމަށް މަސައްކަތްކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް