ދިރާގު ގޭމާސް ގިލްޑާއި މިނީސޯ ގުޅިގެން އަގުހުރި އިނާމުތަކާއެކު "ގެސް ދަ ސްކޯ" ޕްރޮމޯޝަން

ދިރާގު ގޭމާސް ގިލްޑާއި މިނިސޯ ގުޅިގެން ވަނީ މެޗުގެ ނަތީޖާ ދިމާކޮށްގެން އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފައި --- ފޮޓޯ: ދިރާގު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފެށި ގެސް ދަ ސްކޯ ޕްރޮމޯޝަނަކީ ފުޓުބޯޅަ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ފެށި ހަރަކާތެކެވެ. ދިރާގުން ބަޔާންކުރާ ގޮތުގައި މީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އައު ތަޖުރިބާތަކެއް ފޯރުކޮށްދީ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ޑީޖީޖީ ވެބްސައިޓުގައި ރަޖިސްޓަރީވުމާއެކު، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވާން ޖެހެއެވެ. އެއަށްފަހު މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅައިފައެވެ. މިއީ ކުޅިވަރުގެ ތެރެއިން ޓެކްނޮލޮޖީއާއި މުނިފޫހިފިލުވުން އެއްކޮށްލައިގެން ކުރިއަށްގެންދާ ވަރަށް ފުރިހަމަ އަދި ފައިދާހުރި ހަރަކާތެކެވެ.

  • މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެއެވެ.
  • އެންމެ މަތީ ވަނަތަކަށް ދުނިޔޭގައި ވެސް މަދު ލިމިޓެޑް އެޑިޝަން 2026 ފުޓުބޯޅަ ކަލެކްޓިބަލް އާއި ޓީޓީ ރޭސިންގް ގޭމިންގް ގޮނޑި ލިބޭނެއެވެ.
  • ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1000 ރުފިޔާގެ މިނީސޯ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.
  • ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޑީޖީޖީ ވެބްސައިޓުގައި ރަޖިސްޓަރީކޮށް ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމާ ގުޅުމުންނެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މި ފުޓުބޯޅަ މޫސުމުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، "ގެސް ދަ ސްކޯ"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މަތީ ވަނަތަކަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅައިފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް"އެއް ހިމެނޭ ކަމަށް، ދިރާގުން ބުންޏެވެ. އޭގެ އިތުރުން "ޓީޓީ ރޭސިންގް" ގޭމިންގް ޗެއާއާއި އެހެނިހެން އިނާމުތައް ހިމެނޭ ކަމަށް ވެސް، ދިރާގުން މައުލޫމާތުދެއެވެ.

ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑީޖީޖީ ވެބްސައިޓްގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެ، ނަތީޖާ ދިމާކުރުމަށް: https://bit.ly/dgg-guess-the-score

ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/join-sonee-sports

comment ކޮމެންޓް