ސިޔާސީ ގޮތުން ބައެއް މުއައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރާ ސުވާލުކުރަނީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު: ސިޔާސީ ގޮތުން ބައެއް މުއައްޒަފުން ވަޒީފާއިން ވަކިކުރާތީ މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި -- ފޮޓޯ/ ރައީސް އޮފީސް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެމީހުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައި ވަޒީފާއިން ވަކިކުރަމުންދާ ސަބަބާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރާ ސުވާލުކުރައްވަން ހުށަހަޅުއްވާފައެވެ. ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތައް ފިޔަވައި، އެހެން މަގާމުތަކުން ސިޔާސީ ތަފާތުކުރުންތަކާއެކު މީހުން ވަކިކުރުމަކީ ގާނޫނާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރު އަޙްމަދު ޒުހައިރު މަގާމުން ވަކިކުރުމަށް އެ މަގާމު އުވާލާފައިވާއިރު، އެއީ އެމްޑީޕީގެ ކެންޑިޑޭޓަކާއެކު ފޮޓޯއެއް ނެގުމުން ކުރި ކަމެއް ކަމަށް ތުހުމަތުކުރެވެއެވެ. މިކަމާ ގުޅިގެން އޭނާގެ ދަރިފުޅު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުގެ ޗެއާޕާސަން އަޒާން ޒުހައިރު ވަނީ އެފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރަން ބޭނުންނުވާކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

  • ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރާ ސުވާލުކުރަން ހުށަހެޅުން.
  • އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާކަމުގެ ތުހުމަތު.
  • ސިޔާސީ ސަބަބަކާ ހުރެ ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލާފައިވުން.
  • ބައްޕަ މަގާމުން ވަކިކުރުމާ ގުޅިގެން އަޒާން ޒުހައިރު އޭއައިއޭގެ ބޯޑުގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުން.

ސިޔާސީ ގޮތުން ބައެއް މުއައްޒަފުން ވަޒީފާއިން ވަކުކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާޙިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

ކުޑޫ ހުށަހެޅުއްވި ސުވާލުގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކުކުރުން ފިޔަވައި ދައުލަތުގެ އެއްވެސް މަގާމަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބުރަވެ ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައިފައެވެ.

އެހެންކަމުން އެކަން އެގޮތަށް އޮތްއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުން ގެންދަނީ ކީއްވެތޯއާއި ކޮން އުސޫލެއްގެ ދަށުންތޯ ކުޑޫ ވަނީ ސުވާލު ކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދި ފަހުން ވަނީ މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމު އުވާލާފައެވެ. ތުހުމަތު ކުރެވޭގޮތުގައި އެ މަގާމު އުވާލީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އާއެކު ފޮޓޯއެއް ނެގި މައްސަލައެއްގައެވެ.

https://sun.mv/223051

އޭގެ އިރުކޮޅެއް ފަހުން އޭނާގެ ދަރިފުޅު އަޒާން ޒުހައިރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. އަޒާން ވަނީ ސަރުކާރުގެ ބައެއް ބޭފުޅުން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތް ކުރެއްވިކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އޭނާގެ ބައްޕައަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނޫންކަމުން ވަޒީފާއިން ވަކިކުރުމުގެ ގޮތުން އެ މަގާމު އުވާލީ ކަމަށް ވެސް އަޒާން ތުހުމަތުކުރެއްވިއެވެ.

https://sun.mv/223052

އަޒާން ވަނީ މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވީ އެހެންވެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް