ވެބްސައިޓްތަކުން އަންނަ ނޮޓިފިކޭޝަންތަކުން އުނދަގޫ ވުން މަދުކުރުމަށް އާ ފީޗާއެއް ގޫގުލް ކްރޯމްއިން ތައާރަފްކޮށްފިއެވެ.
ޔޫޒަރުންނާ އެއްވެސް ގޮތަކުން ގުޅުމެއްނެތް ވެބްސައިޓްތަކުގެ ނޮޓިފިކޭޝަންތައް މި ފީޗާއިން ނާންނަގޮތް ހަދާނެއެވެ. މީގެ ސަބަބުން، ޔޫޒަރުންނަށް ދިމާވާ "ނޮޓިފިކޭޝަން ފެޓީގް" ކުޑަވެ، ބްރައުޒް ކުރުމަށް ފަސޭހަވާނެ ކަމަށް ގޫގުލްއިން ބުނެއެވެ.

ނޮޓިފިކޭޝަން ބޭނުންވާ ސައިޓްތަކާއި ބޭނުންނުވާ ސައިޓްތައް ކަނޑައެޅުމުގެ ފުރުޞަތުވެސް ލިބޭ ---
މި ބަދަލު މިހާރު ހިމެނިފައިވަނީ ކްރޯމްގެ ސޭފްޓީ ޗެކް ޓޫލްގެ ތެރޭގައެވެ. މި ފީޗާ ޑެސްކްޓޮޕް އަދި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެއެވެ.
ގޫގުލްއިން ހާމަކުރާ ގޮތުގައި، ޔޫޒަރުން އިޖާބަނުދީ ދޫކޮށްލަނީ އެ މީހުންނަށް ލިބޭ ނޮޓިފިކޭޝަންތަކުގެ އެއް އިންސައްތައެވެ. އެހެން ހުރިހާ ނޮޓިފިކޭޝަންތަކަކީ ޔޫޒަރުން ބޭނުން ނުވިޔަސް ކޮންމެވެސް ގޮތަކުން އެއަށް އިޖާބަދެވޭ ނޮޓިފިކޭޝަންތަކެވެ. އެހެންކަމުން ކްރޯމަށް މިގެނެވުނު ބަދަލަކީ ބޭކާރުގޮތެއްގައި ދިމާވާ ގިނަ އުނދަގޫތަކެއްގެ ހައްލުކަމަށް ގޫގުލްއިން ބުނެއެވެ.
ގޫގުލް ކްރޯމް އިން މިފަދަ ބަދަލެއް ގެނައުމުގެ މަގުސަދަކީ، ވެބް ނޮޓިފިކޭޝަންތަކުގެ ނިޒާމު ރަނގަޅުކޮށް، ޔޫޒަރުންނަށް އިތުރަށް ބާރުވެރިކަން ދިނުމެވެ. އެގޮތުން، ނޮޓިފިކޭޝަން ލިބޭންވީ ކޮން ވެބްސައިޓަކުންތޯއާއި އެފަދަ ނޮޓިފިކޭޝަން ލިބޭންވީ ކިހާވަރަކަށްތޯ ޚިޔާރުކުރުމުގެ ފުރުސަތު މިހާރު އިތުރަށް ފަހިވާނެއެވެ.
މީގެ ކުރިން ވެސް ކްރޯމްގައި ނޮޓިފިކޭޝަންތައް މެނޭޖުކުރެވޭނެ އިންތިޒާމުތައް ހުއްޓެވެ. ނަމަވެސް މި އާ ފީޗާއަކީ އަމިއްލައަށް ނޮޓިފިކޭޝަންތައް ފިލުވާލުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.
މިފަދަ ބަދަލުތަކަކީ ޑިޖިޓަލް ދުނިޔޭގައި ޔޫޒަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް މުހިންމު ކަމެކެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މިފަދަ "ސްމާޓް" ފީޗާ ތައާރަފްކުރުމަކީ ކުރިމަގުގައި ވެބް ބްރައުޒް ކުރުމުގެ ތަޖުރިބާ އިތުރަށް ރަނގަޅުވާނެ ކަމުގެ ހެކިތަކެކެވެ.
ގޫގުލް ކްރޯމްގައި ވެބްސައިޓް ނޮޓިފިކޭޝަންތައް މެނޭޖްކުރުމަށްޓަކައި އަދި މި އާ ފީޗާ ބޭނުންކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ކްރޯމް ސެޓިންގްސްއަށް ދިއުން:
ކްރޯމް ބްރައުޒާ ހުޅުވާލާށެވެ.
ކަނާތްފަރާތުގެ މަތީގައި ހުންނަ ތިން ނުކުތާ (މެނޫ) އަށް ކްލިކްކޮށް، "ސެޓިން" އަށް ދާށެވެ.
2. ޕްރައިވެސީ އެންޑް ސެކިއުރިޓީއަށް ދިއުން:
ސެޓިންގްސް ޕޭޖުން ވާތްފަރާތު މެނޫއިން "ޕްރައިވެސީ އެންޑް ސެކިއުރިޓީ"އަށް ކްލިކްކުރާށެވެ.
3. ސައިޓް ސެޓިންގްސްއަށް ދިއުން:
"ޕްރައިވެސީ އެންޑް ސެކިއުރިޓީ"ގެ ތެރެއިން "ސައިޓް ސެޓިންގްސް"އަށް ކްލިކްކުރާށެވެ.
4. ނޮޓިފިކޭޝަންސް މެނޭޖްކުރުން:
"ސައިޓް ސެޓިންގްސް"ގެ ތެރެއިން "ނޮޓިފިކޭޝަންސް" ނަގާށެވެ.
މި ބަދަލު މިހާރު ހިމެނިފައިވަނީ ކްރޯމްގެ ސޭފްޓީ ޗެކް ޓޫލްގެ ތެރޭގައެވެ. އެހެންކަމުން "ސޭފްޓީ ޗެކް" ރަންކުރުމުން، ކްރޯމްއިން އަމިއްލައަށް ބޭނުންނުވާ ނޮޓިފިކޭޝަންތައް ދެނެގަނެ، އެއަށް އިޖާބަދޭނެއެވެ. އަދި މީގެ އިތުރުންވެސް އިތުރު ސެޓިންތައް ފެންނަން ހުންނާނެއެވެ.