ގާޑިޔާ އެޕުން ޕެކޭޖު ނަގައިދިނުމުގެ ޚިދުމަތް ތައާރަފުކޮށްފި

ރާއްޖެއިން ބޭރުން ގެންނަ ޕެކޭޖުތައް، ޕޯސްޓު އޮފީސް، ރެޑްބޮކްސް ފަދަ ތަންތަނުން ނަގައިގެންގޮސް ޑެލިވެރީކޮށްދޭ ޚިދުމަތެއް ގާޑިޔާ އެޕުން ތައާރަފުކޮށްފައެވެ.

'ގޯއެންޕިކްގެ' ނަމުގައި އަލަށް އެ އެޕަށް ތައާރަފުކުރި މި ޚިދުމަތުގެ ދަށުން މިހާރު މާލޭގެ އާންމުކޮށް ޕެކޭޖު ގެންނަ ހުރިހާ ތަނަކުން ވެސް ޑެލިވެރީކޮށްދޭނެއެވެ.

މި ޚިދުމަތް ހޯދުމައްޓަކައި ގާޑިޔާ އެޕަށް ވަދެ 'ގޯއެންޕިކް' ހުޅުވާލުމަށް ފަހު، ޕެކޭޖު ގެނައި ކުރިއާ އެއް ނެގުމަށް ފަހު ރިކުއެސްޓުކޮށްލެވޭނެއެވެ. އެގޮތުން، މޯލްޑިވްސް ޕޯސްޓް، ޕިކްޕޯސްޓް، ރެޑްބޮކްސް، އަރަމެކްސް، ޑީއެޗްއެލް ފަދަ އާންމު ހުރިހާ ތަނެއް އެ ޚިދުމަތަށް ވަނީ އިތުރުކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުއްޓަސް މިހާރު ފަސޭހަކަމާ އެކު ޕެކޭޖު ބޯޓަށް، ފެރީއަށް ނުވަތަ ކާގޯއަށް ފޮނުވާލެވޭނެއެވެ.

ގާޑިޔާ އެޕަކީ ޓެކްސީ، ޑެލިވެރީ އަދި ރެސްޓޯރަންޓްތަކުން ކާއެއްޗެއްސަށް އޯޑަކުރެވޭ ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕެވެ. މިހާރު މި އެޕްލިކޭޝަނަކީ އާންމުންގެ ތެރޭގައި މަގުބޫލު އެޕެލިކޭޝަނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް