އައިމެސެޖް އެކްޓިވޭޓް ނުވާ މައްސަލަތަކަށް އެޕަލްއިން ހައްލެއް ހޯދައިދީފިއެވެ.
އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި، ބައެއް ފަހަރު ކަސްޓަމަރުންނަށް އައިމެސެޖް އެކްޓިވޭޓް ނުކުރެވޭ މައްސަލަތައް ދިމާވެއެވެ. ޚާއްސަ ގޮތެއްގައި، އެއް ފޯނެއްގައި ބޭނުންކުރާ ސިމަކާއި ބޭނުން ނުކުރާ ސިމެއް އިންނަމަ މި މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ.
މިފަދަ ހާލަތްތަކުގައި، ފޮނުވާ އައިމެސެޖްތައް "ނޮޓް ޑެލިވާޑް" ގެ އިންޒާރު ދައްކައި، އައިމެސެޖްތައް ލިބުން ހުއްޓެއެވެ. މެސެޖްތައް ފޮނުވައި ލިބޭނީ އާރްސީއެސް ނުވަތަ އެސްއެމްއެސް މެދުވެރިކޮށެވެ. އަދި އައިމެސެޖްގެ ބްލޫ ބަބަލްގެ ބަދަލުގައި ފެހި ބަބަލް ފެންނާނެއެވެ. ބައެއް ފަހަރު އައިމެސެޖް ފޮނުވޭނީ ފޯން ނަންބަރުގެ ބަދަލުގައި އީމެއިލް އެޑްރެސް ބޭނުންކޮށެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، އެޕަލް އިން އިރުޝާދު ދެނީ އިންއެކްޓިވް ސިމް ކާޑު ނެގުމަށްމަށްފަހު އައިމެސެޖް އަލުން އެކްޓިވޭޓް ކުރުމަށެވެ. އިންއެކްޓިވް ސިމް ނެގުމަށް ސެޓިން އެޕްގެ ސެލިއުލާ ބަޔަށް ގޮސް، ދެ ސިމް ފެނޭތޯ ބަލާށެވެ. އޭގެ ފަހުގައި ދެ ސިމް ފެންނަނަމަ، އިންއެކްޓިވް ސިމް ނެގިދާނެއެވެ.
އިންއެކްޓިވް ސިމަކީ ފިޒިކަލް ސިމެއް ނަމަ، އެ ސިމް އައިފޯނުން ނަގަން ޖެހޭނެއެވެ. އިންއެކްޓިވް ސިމަކީ އީސިމެއް ނަމަ، ސެލިއުލާ އިންޓަފޭސް އިން އެ ސިމް ނައްތާލެވިދާނެއެވެ. އިންއެކްޓިވް ސިމް ނައްތާލުމަށްފަހު، މެސެޖްސްއަށް ގޮސް، ސެންޑް އެންޑް ރިސީވްއަށް ފިއްތައި، އެތާގައި ފެންނަ ފޯން ނަންބަރަށް ފިއްތައިގެން އައިމެސެޖް އެކްޓިވޭޓް ކުރެވޭނެއެވެ.
އައިމެސެޖް އަކީ އެޕަލްގެ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކަށް ހިލޭ މެސެޖް ފޮނުވުމަށް އެޕަލްއިން ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. މިއީ އިންޓަނެޓް މެދުވެރިކޮށް މަސައްކަތްކުރާ ޕްލެޓްފޯމެކެވެ. އާންމުކޮށް މެސެޖްތައް ފެންނަނީ ނޫ ކުލައިގެ ބަބަލްތަކެއްގެ ސިފައިގައެވެ. ނަމަވެސް އެޕަލް ނޫން ޑިވައިސްތަކަށް ނުވަތަ އައިމެސެޖް އެކްޓިވް ނޫން ހާލަތްތަކުގައި މެސެޖްތައް ފޮނުވެނީ އެސްއެމްއެސް ނުވަތަ އެމްއެމްއެސް އިންނެވެ.
ސްމާޓްފޯންތަކުގައި ކޮމިއުނިކޭޝަން ދެމެހެއްޓުމަށް ސިމް ކާޑު ނުވަތަ އީސިމް ބޭނުންކުރެއެވެ. މިއީ ފޯން ނަންބަރު އެސޯސިއޭޓްކުރާނެ އަދި ނެޓްވޯކާ ގުޅުވައިދޭ މެކޭނިޒަމްތަކެކެވެ. ބައެއް ފަހަރު ސިމް ކާޑުތަކުގެ އަމިއްލަ ޒާތުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން، އައިމެސެޖް ފަދަ ޚިދުމަތްތައް އެކްޓިވޭޓް ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.