ދިހަހާސް ރުފިޔާގެ އަގުހުރި އިނާމަކާއެކު، ޚާއްސަ ޓިކްޓޮކް ޗެލެންޖެއް ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓަށް ފޮލޯކޮށް ޓެގްކުރުމަށް ފަހު #DhiraaguWin2Speedboats ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށް ޓަކައި ހަދަން ޖެހޭނެ ގޮތަކީ ދިރާގުގެ ޓިކްޓޮކް ޕްރޮފައިލްގައި އެންމެ ފުރަތަމައަށް ޕިންކޮށްފައިވާ ޕޯސްޓުގައިވާ ލަވަ، "ނޫރާޅާ ޖައްސާލާ"ގެ އަޑުކޮޅު ބޭނުންކޮށް ވީޑިއޯއެއް ތައްޔާރުކޮށްލުމެވެ. މި ވީޑިއޯގައި ދިރާގު ޓެގްކޮށް، ހޭޝްޓެގް ވެސް ޖަހަން ޖެހޭނެއެވެ.
ދިރާގުން ބުނީ، މިއީ، ހުނަރުވެރި ކޮންޓެންޓް ކްރިއޭޓަރުންނަށް އަދި ކޮންޓެންޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރުތައް ދައްކާލައި، އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ޗެލެންޖެއް ކަމަށެވެ.
މި ފެށޭ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައިވާ މި މުބާރާތް ކާމިޔާބުކުރާ ފަރާތް ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހާމަކުރާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.