އޮސްޓްރޭލިއާ ދަތުރުތަކާއެކު އަހަރަކު 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް ލަފާކޮށްފި

މޯލްޑިވިއަންއިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުގެ ތެރެއިން، އޮސްޓްރޭލިއާއަށް ފަސިންޖަރުންތަކެއް ވެލާނާ އެއާޕޯޓުގައި.. ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި އައު ރޫޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤުތިޞާދަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ. މި ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، ފުރަތަމަ ތިން ދަތުރުގައި 700 އެއްހާ މީހުން އައިސް، ފުލައިޓުތައް ވަނީ އެއްކޮށް ފުރިފައެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ދަތުރުތަކުގެ 50 އިންސައްތަ ޖާގަ މިހާރުވެސް ވަނީ ބުކްކުރެވިފައެވެ. މި ދަތުރުތައް ހަފުތާއަކު އެއްފަހަރު އޭ330 މަރުކާގެ ބޯޓެއްގައި ކުރާއިރު، ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. މިއީ ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއާ ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ރިސޯޓުތަކުގެ އޮކިއުޕަންސީ މަތިވެ، ދައުލަތަށް ޓެކުހުގެ ގޮތުގައި އަހަރަކު އިތުރު 10 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ.

  • މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް 11 ގަޑިއިރުގެ ސީދާ ދަތުރުތައް ފެށުން.
  • އަހަރެއްގެ މައްޗަށް 11،000 ފަތުރުވެރިން މި ރޫޓުން އަންނާނެކަމަށް ލަފާކުރުން.
  • ދައުލަތަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި އިތުރު 10 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރުން.
  • ފުރަތަމަ ތިން ދަތުރު އެއްކޮށް ފުރި، ނޮވެމްބަރު މަހާ ހަމައަށް 50 އިންސައްތަ ޖާގަ ބުކްކޮށްފައިވުން.
  • މިއަހަރު އޮސްޓްރޭލިއާ މާކެޓުން ޖުމްލަ 40،000 ފަތުރުވެރިން (17 އިންސައްތައިގެ ކުރިއެރުމެއް) އަންނާނެކަމަށް ލަފާކުރުން.
  • --
  • މަޞްދަރު: https://sun.mv/222135

ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ރޭ ފެށި ސީދާ ދަތުރުތަކާއެކު، އެ ޤައުމުން ރާއްޖެއަށް އަހަރެއްގެ ތެރޭގައި 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް އެ އެއާލައިނުން އަންދާޒާކޮށްފިއެވެ.

އޮސްޓްރޭލިއާއަށް ފެށި މި ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލާ އަޙްމަދު ރަމީޒު ވިދާޅުވީ، އޮސްޓްރޭލިއާ ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ނޮވެމްބަރު މަހާ ހަމައަށް ފްލައިޓްތަކުގެ 50 އިންސައްތަ މިހާރުވެސް ފުލްވެފައިވާ ކަމަށާއި، ފުރަތަމަ ތިން ފްލައިޓް އޮތީ 100 އިންސައްތަ ފުލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފްލައިޓް އަންނަނީ 264 ޕެސެންޖަރުންނާއިއެކު ފުލްކޮށް. ފުރަތަމަ ތިން ފްލައިޓުން މި އަންނަނީ 700 އެއްހައި މީހުން. އެހެންވީމަ ވަރަށް ބޮޑު ކާމިޔާބީއެއް. ހަޤީގަތުގައި އަޅުގަނޑުމެންނަށް މެއިންޓެއިން ކުރެވިއްޖެނަމަ މުޅި އަހަރަށް ބަލާއިރު 11،000 ވަރަކަށް ޓޫރިސްޓް އެރައިވަލްސް އަންނާނެ ކަމަށް،" ރަމީޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިކަމުގެ ސަބަބުން ރިސޯޓްތަކުގެ އޮކިއުޕަންސީއަށް ވެސް ހެޔޮ ބަދަލެއް އަންނާނެއެވެ.

މި ދަތުރުތަކުގެ ސަބަބުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޓެކްސް އާމްދަނީގެ ގޮތުގައި އިތުރު 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

https://sun.mv/222135

މޯލްޑިވިއަނުން މި ރޫޓު އިޚްތިޔާރުކުރީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު، މެލްބަންއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ސަރަޙައްދު ކަމަށްވާތީއެވެ.

މޯލްޑިވިއަނުން މެލްބަންއިން ރާއްޖެއަށް ހަފުތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހަކުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް ފްލައިޓް އަންނާނީ އަންގާރަ ދުވަހުއެވެ. މިއީ އޭ330 މަރުކާގެ ބޯޓެއްގައި ކުރާ 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.

މި އައު ރޫޓާއެކު މި އަހަރު އޮސްޓްރޭލިއާ މާކެޓުން 40،000 ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

މޯލްޑިވިއަނުން އަމާޒު ހިފާފައިވަނީ މިފަދަ ކުރިއަރަމުން އަންނަ މާކެޓްތަކަށް ސީދާ ދަތުރުތައް ބާއްވައިގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއާ އިތުރުކުރުމަށެވެ.

comment ކޮމެންޓް