އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.
ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފާގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެއެވެ.
ބޭރު ގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް އެހީ ފޯރުކޮށްދިނުމަށް ވިޔަސް ނުވަތަ ބިސްނަސް ޕާޓްނަރުންނަށް ފޮނުވަން ޖެހޭ ފައިސާ ކަމުގައި ވިޔަސް އިތުބާރާއެކު ކޮންމެ ތަނަކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.
ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރައްވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ހައދަންޖެހޭ ޕޭމަންޓްތައް ހެދުން ފަސޭހަވެ އަގުހެޔޮ ވެގެންދާނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟
- ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކުރާށެވެ.
- ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރައްވާށެވެ. އަދި "SEND MONEY" ހިޔާރުކުރައްވާ ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ޚިޔާރުކުރާށެވެ.
- ޓްރެކް ކުރުން: އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރުވޭނެއެވެ.
ދުވާލަކު ޓްރާންސްފާ ކުރެވޭ އަދަދު:
ގޯލްޑް ވޮލެޓް: ދުވާލަކު 10،000 ޑޮލަރާ ހަމައަށް (ގިނަވެގެން ފަސް ޓްރާންސެކްޝަން)
ސިލްވާ ވޮލެޓް: ދުވާލަކު 3،000 ޑޮލަރާ ހަމައަށް (ގިނަވެގެން 10 ޓްރާންސެކްޝަން)
އެމް-ފައިސާ ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމްއާ ގުޅިގެން ދެވޭ ޚިދުމަތެކެވެ.