އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ 'ލިވް އަންލިމިޓެޑް' ކެމްޕެއިންގެ ދަށުން ތައާރަފުކުރި ކޮންމެ ވިހި ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ.
އެގޮތުން، ފުރަތަމަ ދަތުރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ، އަޙުމަދު ސައްދާމެވެ. މި ޕްރޮމޯޝަންގެ ތެރެއިން ދެ މީހުންގެ ހައްޖު ދަތުރެއް ދިނުމަށް ވެސް އުރީދޫން ވަނީ ނިންމާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 19 އުމްރާ ދަތުރު ދޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 250 ރުފިޔާއިން މަތީގެ ޓްރާންސެކްޝަނެއް ހެދުމުން އޮޓޯއިން އެ ލަކީޑްރޯގައި ބައިވެރިވޭނެއެވެ. އަދި، އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކައިގެން ބައިވެރިވެވޭއިރު، ރީޗާޖު ކުރުމާއި އެޑް-އޮން ބޭނުންކުރުމުން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައެވެ.