މީގެ ތިން ދުވަސް ކުރިން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވުގެން ހޯދަމުން އައި އދ. ކުނބުރުދޫ އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެ އެވެ.
މީގެ ތިން ދުވަސް ކުރިން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވުގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ އުމުރުން 26, އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެ އެވެ.
ނައުފަލްގެ އާއިލާ މެމްބަރަކު "ސަން" އަށް ބުނީ ނައުފަލް ފެނުނީ ޗާންދަނީ މަގު ރޮމްބަސް ފިހާރަ ކުރިމަތިން ކަމަށެވެ.
އޭނާ ބުނީ ނަފަލްގެ ޚަބަރެއް ނުވީ އޭނާގެ ފޯނު މައްސަލަ ޖެހިގެން ކަމަށް ބުނި ކަމަށެވެ.
"ނައުފަލް ފޯނުން އާއިލާއަށް ގުޅާފަ މިއަދު ބުނީ މި ހުރީ ރޮމްބަސް ފިހާރަ ކުރިމަތީގަ ކަމަށް. ޚަބަރެއް ނުވީ ފޯނު ހަލާކު ވެގެން ކަމަށް ބުނި. މިހާރު ނައުފަލް ހުރީ އާއިލާ ކައިރީގަ. ހާލު ރަނގަޅު. އިތުރު މައުލޫމާތު މިވަގުތު ދެވޭކަށް ނެތް،" އާއިލާގެ މެމްބަރު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ނައުފަލް ފެނިއްޖެ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
"އިތުރު މައުލޫމާތު މިވަގުތު ހިއްސާކުރެވޭކަށް ނެތް،" އޮފިޝަލް ވިދާޅުވިއެވެ.
ނައުފަލް މާލެ އައި ކަމަށް ބެލެވެނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭނާ މަސައްކަތްކުރާ ކުނބުރުދޫއަށް ނިސްބަތްވާ ކަންނެލި ދޯންޏެއް ކަމުގައިވާ ޒިކުރާ 3 ދޯނީގެ ވަތައް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ބޭސް ކުރާށެވެ.
އޭނާ މާލެ އައީވެސް މަސައްކަތްކުރާ ދޯނީގައެވެ. ހުޅުމާލެއަށް ދޯނި ލެފިގޮތަށް ނައުފަލް ފައިބައިގެން ދިޔައީ މާލެއަށްކަމަށް އޭނާގެ ބޮޑުބޭބެ ކިޔައިދިނެވެ.