ކުނބުރުދޫގެ ބޯހިޔާވަހިކަން ހައްލުކުރަން ފޮފަޅަގައު ފަޅު ދީފި

އދ. ކުނބުރުދޫ: ރައީސް ވަނީ ކުނބުރުދުއަށް ފަޅެއް ދެއްވައިފަ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އއ. ކުނބުރުދުއަށް އެ އަތޮޅުގެ "ފޮފަޅަގައު" ފަޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މިއަދު ނެރުއްވި ގަރާރެއްގައި ވަނީ، ކުނބުރުދުއަށް "ފޮފަޅަގައު" ފަޅު ދެއްވިކަން ހާމަކުރައްވައިފައެވެ.

އެ މަނިކުފާނު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކުނބުރުދޫގެ ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން "ފޮފަޅަގައު" ފަޅު ބޭނުންކުރެވިދާނެ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ކައުންސިލްތަކަށް އާމްދަނީ ހޯދަން، ފަޅުތަކާއި، ފަޅު ރަށްރަށް ހޯދަން އެދުމުގެ ފުރުސަތު މީގެ ކުރިން ވަނީ ހުޅުވައިލައިފައެވެ. މީގެ ކުރިން ސަރުކާރުން ބުނި ގޮތުގައި އޭގެ ބޭނުމަކީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރާނެ ގޮތްތައް ފަހިކޮށްދިނުމެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ އިއްޔެ އދ. އޮމަދުއަށް ތިން ފަޅެއް އިތުރުކޮށްދެއްވައިފައެވެ. އެ މަނިކުފާނު އޮމަދުއަށާއި ކުނބުރުދުއަށް ފަޅުތައް ދެއްވާފައިވަނީ މިވަގުތު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

comment ކޮމެންޓް