ދެހާސް ސަތާރަ ވަނަ އަހަރު ރިލީޒްކުރި ސާކެތު ޗައުދަރީގެ ކާމިޔާބު ފިލްމު 'ހިންދީ މީޑިއަމް'ގެ ދެވަނަ ބައިގެ ލީޑު ރޯލަށް އިރްފާން ޚާން އަދި ބަތަލާ ކަރީނާ ކަޕޫރު ޚާން ހަމަޖައްސައިފިއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން ކަރީނާ ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. އަދި ފިލްމުގައި އޭނާ ފެނިގެން ދާނީ ޚާއްސަ ފެނިލުމަކުން ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
'ހިންދީ މީޑިއަމް' ގައި އިރްފާން އާއެކު ފެނިގެން ދިޔައީ ޕާކިސްތާނު އެކްޓަރު ސަބާ ޤަމަރެވެ.
އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ދޯހަޅި ކަންކަމުގެ މައްޗަށް ބިނާކޮށް އުފެއްދި އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ 'އިންގްލިޝް މީޑިއަމް' އެވެ.
އެ ފިލްމުގައި ފެނިގެން ދާނީ އިރްފާންގެ ދަރި މަތީ ތައުލީމު ހާސިލު ކުރުމަށް އެމެރިކާއަށް ގޮސް ދިމާވާ ކަންކަމުގެ މައްޗަށެވެ. ފިލްމުގައި އިރްފާންގެ ދަރީގެ ރޯލު އަދާކުރާނީ ރާދިކާ މަދަން އެވެ.
'ހިންދީ މީޑިއަމް' އިންޑިއާގައި ޝޫޓު ކުރި ނަމަވެސް 'އިންގްލިޝް މީޑިއަމް' ގެ ބޮޑު ބައެއް ޝޫޓު ކުރާނީ ލަންޑަންގައެވެ. އެ ފިލްމު ވެގެންދާނީ ކެންސަރަށް ފަރުވާ ކުރުމަށް އިރްފާން ފިލްމީ ދާއިރާއާއި ދުރަށް ޖެހިލުމަށްފަހު މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.