އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ޓާޓާ ހައުސިން އިން މިއަހަރު ބާއްވާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ"ގެ ކޯ ސްޕޮންސާކަން ނަގައިފި އެވެ.
ޓާޓާއިން "މޯލްޑިވްސް ލިވިންގް އެކްސްޕޯގެ އެކްސްޕޯ 2017"ގެ ކޯ ސްޕޮންސާކަން ނަގާފައިވާއިރު އެ ކުންފުނިން ވަނީ، މާލޭގެ ދެ ތަނެއްގައި ފްލެޓު އެޅުމަށް ހަމަޖެހިފައެވެ. އެކުންފުނިން ފްލެޓު އަޅަން ހަމަޖެހިފައިވަނީ ނާދީ އަދި އޮޑިއޮން ހުރި ބިމުގައި އެވެ.
ރާއްޖޭގައި ބާއްވާ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ބޮޑު މައުރަޒުގެ ސްޕޮންސާޝިޕް ޓާޓާއިން ނަގާފައި ވަނީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް ދިވެހިންނަށް ތަމްސީލުކުރުމާއި، އެ ކުންފުނީގެ އަގުތަކާއި ފެސިލިޓީސްތައް ދައްކާލުމުގެ މަގްސަދުގައެވެ.
މިދިޔަ އަހަރު އާޓް ގެލެރީގައި ބޭއްވި އެކްސްޕޯގައި ސްރީލަންކާގެ ކޮންޑޮމިނިއަމް ޕްރޮޖެކްޓްސްތައް ދައްކާލާފައިވާއިރު، ޖުމްލަ 20 ސްޓޯލެއް އެ އެކްސްޕޯގައި ބައިވެރިވި އެވެ.
މިއަހަރުގެ އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 16 އިން 18 ވަނަ ދުވަހު އެވެ.