ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އަށް 2015 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 100.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އެކުންފުނީގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
ގޫގުލްގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޕިޗާއީ އަށް މުސާރައިގެ ގޮތުގައި 652,500 އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ. އަދި ގޫގުލްގެ މުދަލުން 99.8 މިލިއަން ޑޮލަރު އޭނާއަށް ލިބިފައިވާ އިރު އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 22,935 އެމެރިކާ ޑޮލަރުވެސް ވަނީ ޕިޗާއީއަށް ވަނީ ލިބިފަ އެވެ.
މިކަމާ ގުޅިގެން އަލްފަބެޓުން ވަނީ އެއްޗެއް ބުނުމަށް ދެކޮޅު ހަދާފަ އެވެ.
މިިދިޔަ މަހު ޕިޗާއީއަށް ވަނީ އެކުންފުނީގެ 199 މިލިއަން ޑޮލަރުގެ ހިއްސާ ދީފަ އެވެ. އެއާއެކު އޭނާ ވެގެންދިޔައީ އެމެރިކާގައި އެންމެ ބޮޑު މުސާރައެއް ލިބޭ ސީއީއޯ އަށެވެ.
ގޫގުލްގެ ސީއީއޯގެ މަގާމު ޕިޗާއިއަށް ލިބުނީ ގޫގުލްގެ މައި ކުންފުނި އަލްފަބެޓް އުފެދުމާ ގުޅިގެންނެވެ.
އަލްފަބެޓް ވަނ،ީ އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ލަގަބު ހޯދައިފަ އެވެ. (ބްލޫމްބަރގް ޓެކްނޮލޮޖީ)