ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން "ކައިވެނިކޮށްދިން" މައްސަލަ ފުލުހުން ބަލަނީ

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން: ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން "ކައިވެނިކޮށްދިން" މައްސަލަ ފުލުހުން ބަލަނީ --

ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއް ޖިންސުން ކައިވެނިކޮށްދިނުމަކީ ގާނޫނުން ހުއްދަ ކަމަކަށް ނުވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ދީނަކީ އިސްލާމް ދީނަށް ވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް އެފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ. އަދި އެފަދަ އަމަލު ހިންގާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން އެހެން ބުނިއިރު، ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ ރިސޯޓެއް ކަމަށް ބުނާ ރަށެއްގައި، ދެ ފިރިހެނެއްގެ ރަމްޒީ ކައިވެންޏެއް ބާއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް