އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން 100،000 ރުފިޔާ ލިބޭ "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ފަށައިފި

އުރީދޫ އިން ރިޗާޖް އެންޑް ވިން ޕްރޮމޯޝަން ފެށުން... ފޮޓޯ/ އުރީދޫ

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ ގޮތަށް އުރީދޫ މޯލްޑިވްސްއިން އައު 'ރީޗާޖް އެންޑް ވިން' ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ހަތަރަކުން ފެށިގެން 31 ޑިސެންބަރު ގެ ނިޔަލަށެވެ. މިއީ ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ފަސޭހަކަމާއެކު ރީޗާޖުކުރުމަށާއި މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމަށް އުރީދޫ އެޕް ބޭނުންކުރާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އުރީދޫން ބުނެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، ޝަރުތު ހަމަވާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖުކުރުން ނުވަތަ 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ޕެކެއް އެކްޓިވޭޓްކުރަން ޖެހެއެވެ.

އުރީދޫ އިން ރިޗާޖް އެންޑް ވިން ޕްރޮމޯޝަން ފެށުން... ފޮޓޯ/ އުރީދޫ

ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ގުރުއަތުލުމާއި ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕްރޮމޯޝަންގެ މުޅި މުއްދަތުގައި ކަސްޓަމަރުންނަށް އެތައް ފަހަރަކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށާއި އެގޮތުން، ހަފްތާއެއްގެ ތެރޭގައި ޝަރުތު ހަމަވާ 300 ރުފިޔާގެ ދެ ރީޗާޖުކުރާ ކަސްޓަމަރަކަށް އެ ހަފްތާގެ ގުރުއަތުލުމުގައި ދެ ފުރުސަތު ލިބޭއިރު، މި ދެ ފުރުސަތު ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައިވެސް ގުނޭނެކަމަށް އުރީދޫން ބުންޏެވެ.

އަދި ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ކަސްޓަމަރަކަށް 12،000 ރުފިޔާ ލިބޭއިރު، ޕްރޮމޯޝަން ނިމުމުން ނަސީބުވެރި އެއް ކަސްޓަމަރަކަށް 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

"ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން އަމާޒުހިފާފައިވަނީ، ޑިޖިޓަލްކޮށް މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިތްވަރުދިނުމަށެވެ.

މިއީ ކަސްޓަމަރުންނަށް ފަސޭހައިން ލިބޭ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، އާންމު ދިރިއުޅުމުގެ ގުޅުންތައް އިތުރަށް ފަސޭހަކޮށްދިނުމަށް އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެއްކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް