ޑްރޯންގައި މާފުށީ ޖަލަށް ޑްރަގު ވައްދަން އުޅުން: ތުހުމަތު ކުރެެވޭ މީހާގެ މައްސަލަ ހައިކޯޓަށް

މާފުށި ޖަލު: ----

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުއި އިސްތިއުނާފު ކޮށްފިއެވެ.

މިއީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން، އެއްރޭ ދަންވަރު، ބަރުދަނުގައި ގާތްގަނޑަކަށް، 395.92 ގްރާމް، މަސްތުވާތަކެތި، ޑްރޯންއެއްގެ އެހީގައި މާފުށީ ޖަލަށް ވައްދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ. މި މައްސަލައިގައި، ފުލުހުން، ކ. ކާށިދޫ، މީހަކު، ހައްޔަރު ކުރިނަމަވެސް މާފުށީ ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ނިންމުމެވެ.

ފުލުހުން މި މައްސަލައިގައި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު އެ މީހާގެ މައްޗަށް ކުރެއެވެ. އޭނާ ބަންދުން ދޫކޮށްލުމުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑު އެހުން ހައިކޯޓުގައި މިހާރުވަނީ ފަށައިފައެވެ.

ދައުލަތުން މި މައްސަލައިގައި ހައިކޯޓުގައި ބުނި ގޮތުގައި އެ މައުލޫމާތު ފުލުހުންނަށް އެންމެ ފުރަތަމަ ލިބުނީ އިންޓެލިޖެންސްއިންނެވެ. އެ މައުލޫމާތުގައި މާލެ އަތޮޅު ކާށިދޫ މީހާއާއެކު އަދި މ. އަތޮޅު މީހަކުވެސް ހިމެނޭ ކަމަށް ދައުލަތުން ހައިކޯޓުގައި ބުންޏެވެ.

ފުލުހުން ކުރިން، ބުނި ގޮތުގައި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މެއި 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލަ ހައިކޯޓުގައި ބަލަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ހުސެއިން މަޒީދު އަދި މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ރިޔާސަތަކީ ފަރުހީޒާއެވެ.

comment ކޮމެންޓް