ފިޒިއޯ ސޮލިއުޝަންސްއިން އިންތިޒާމުކޮށްގެން ބާއްވާ ދުވުން، "ޕީ.އެސް ރިލޭ 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ޕީ.އެސް ރިލޭގެ މައިގަނޑު މަގުޞަދަކީ ދިވެހި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށް، ހެލިފެލިވެ އުޅުމުގެ މުހިންމުކަމާމެދު ދިވެހިން ހޭލުންތެރިކުރުވުމެވެ. މި ދުވުން އެންމެ ފުރަތަމަ ތަޢާރަފްކޮށް ބާއްވާފައިވަނީ 2024 ވަނަ އަހަރު ނ. ހޮޅުދޫގައެވެ.
މި ރިލޭއަކީ ފަސް މީހުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ ދުވުމެކެވެ. މީގައި ކޮންމެ ބައިވެރިއަކު އެއް ކިލޯމީޓަރު ދުވެގެން ޖުމްލަ ފަސް ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭއިރު، އެހެން ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޢާއްމު ރިލޭއެއްގައި އޮންނަ އުސޫލުންނެވެ.
މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވަނީ ޗެމްޕިއަން ޓީމުގެ އިތުރުން އެންމެ ބާރަށް ދުވާ އަންހެން އަދި ފިރިހެން ދުވުންތެރިޔާއެވެ.
މުބާރާތުގެ ވަނަތަކަށް ބަލާއިރު، ޗެމްޕިއަން ޓީމަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި އެންމެ ބާރަށް ދުވާ އަންހެން އަދި ފިރިހެން ދުވުންތެރިޔާއަށް ކޮންމެ ވަނައަކަށް 2,500 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފިޒިއޯ ސޮލިއުޝަންސް އިން އިންތިޒާމުކުރާ "ޕީ.އެސް ރިލޭ 2026"ގެ މީޑިއާ ޕާޓްރަނަކީ އެސްއެސް މީޑިއާ -- މި އަހަރުގެ ރިލޭގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޖުމްލަ 20 ޓީމަށެވެ. އެގޮތުން ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން ފުރަތަމަ ރެޖިސްޓާވާ 20 ޓީމަށް ފުރުސަތު ލިބޭއިރު، ރެޖިސްޓްރޭޝަން ފީއަކީ 500 ރުފިޔާއެވެ.
ރެޖިސްޓްރޭޝަން ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރެޖިސްޓާވެވޭނެއެވެ. ރެޖިސްޓާވާނީ ފިޒިއޯ ސޮލިއުޝަންސްގެ ފޭސްބުކްގައި ހިއްސާކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމަށް ފަހު، ފޯމު ފުރައިގެންނެވެ.
ޕީއެސް ރިލޭ 2026ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.