މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން އިލްތިމާސްކޮށްފި

މާލެއަށް މޫސުން ގޯސްވުން: މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ވަނީ އިލްތިމާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރުމަށް ދިވެހި ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު، ވިލާގަނޑުގައި ކަނޑު ގަދަވެ އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު، ގިނަ ބަޔަކު ދަތުރުކުރާނެތީ، ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އަންގަވާފައެވެ. ```json

  • *މައިގަނޑު ނުކުތާތައް:**
  • ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރުން.
  • ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުމަށާއި ސަލާމަތީ އެންމެހާ ކަންކަން ފުރިހަމަކުރުމަށް އެންގުން.
  • އުޅަނދުތަކަށް ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ނަސޭހަތްތެރިވުން.
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑު ގަދަވެ އުދައަރާނެ ކަމަށް މެޓް އޮފީހުން ލަފާކުރުން.

މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުން، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރުނުކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ، އިއްޔެއާ އެއްގޮތަށް މިއަދު ވެސް ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދައިގެ އަސަރުކޮށްފާނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގައި ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

https://sun.mv/225172

މެޓް އޮފީހުން އެހެން ބުނެފައިވާއިރު، ފުލުހުން ވަނީ ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ހަމައެއާއެކު، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑު ދަތުރު ނުކުރުމަށާއި، ދަތުރުކުރާނަމަ ލައިފް ޖެކެޓް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން އުޅަނދުތަކުގައި ސަމާލަތީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށާއި އުޅަނދަށް ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ސްކޫލްގެ ފުރަތަމަ ޓާމްގެ ޗުއްޓީ ދުވަސްވަރެވެ. ނަމަވެސް އަންނަ ހަފުތާގައި އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، މިއީ ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްވަރެކެވެ.

މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ މި ހަފުތާ ތެރޭގައި ވިއްސާރަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް