މާލޭގެ ދެކުނު ނެރަށް ލޯންޗެއް އަރައި، ދެ މީހަކަށް އަނިޔާވެއްޖެ

މާލޭގެ ދެކުނު ނެރަށް އުރި ލޯންޗު: ދެ މީހަކަށް އަނިޔާވި --- ފޮޓޯ: އެކްސިޑެންޓްސް އެމްވީ، އެކްސް

މާލޭގެ ދެކުނު ފަރާތު ނެރުމައްޗަށް ވިހި މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަރައި، އޭގެ ތެރެއިން ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު ތިނެއް ޖަހައި ސަތާރަ ހިނގިއިރުއެވެ. މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ލޯންޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާ ހިނގާފައިވަނީ މާލެއަށް އުދައަރަމުންދިޔަ ވަގުތެއްގައި، ލޯންޗު ކޮންޓްރޯލް ނުވެގެންނެވެ. ސްކޫލު ބަންދު މި ހަފުތާގައި ނިމި ދަތުރުފަތުރުކުރާ މީހުން ގިނަ މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދަތުރުވެރިން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ```json

  • ވިހި މީހުންނާއެކު ދަތުރުކުރި ލޯންޗެއް މާލޭގެ ދެކުނު ނެރަށް ވަނީ އަރާފައެވެ.
  • މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.
  • ހާދިސާ ހިނގަން މެދުވެރިވީ އުދައެރުމުގެ ސަބަބުން ލޯންޗު ކޮންޓްރޯލް ނުވެގެންނެވެ.
  • މި ހަފުތާގައި ސްކޫލު ޗުއްޓީ ނިމޭއިރު މޫސުން ގޯސްވާނެތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އަންގާފައެވެ.

މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް މިއަދު އަރައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ މާލޭ ދެކުނު ފަރާތު ނެރުމައްޗަށް ލޯންޗެއް އަރާފައިވާ ކަމަށް މިއަދު މެންދުރުފަހު 3:17 ހާއިރު މައުލޫމާތު ލިބުނު ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މިއަދު ހަވީރު މާލެއަށް އެދަ އެރި ވަގުތު ކޮންޓްރޯލް ނުވެ، ހުދު ކުލައިގެ ލޯންޗެއް ނެރުމައްޗަށް އަރާފައިވާ މަންޒަރެވެ.

ފުލުހުން ބުނީ، 20 މީހުން ދަތުރުކުރި އެ ލޯންޗު އުރި ހިނގި ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި، އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދިން ކަމަށެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެ ލޯންޗަށް އެކިވަރުގެ ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފައިވެއެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ޕާކިން ސްލޮޓާއެކު ހުޅުވި ސަރަހައްދު ވެސް ހިމެނެއެވެ.

https://sun.mv/225158

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީގެ ކުރިން ވަނީ، މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ، މިހާރު ކުރިއަށްދާ ސްކޫލު ބަންދު މި ހަފުތާގައި ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ޗުއްޓީ ނިންމައިފައި ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް