ދުބާއީގައި ދުޅަހެޔޮކަމާއެކު މީހުން ދިގު މުއްދަތަކަށް ދިރިއުޅުމަށް އެހީތެރިވެދޭނެ ޚާއްސަ އިދާރާއެއް އުފައްދައިފި

ދުބާއީގައި ދުޅަހެޔޮކަންމަތީ އުޅެވެނީ އެވްރެޖްކޮށް 66 އަހަރަށް ---

ދުބާއީގެ ރޫލާ އަދި ޔޫއޭއީގެ ނައިބު ރައީސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް ވަނީ "ދުބާއީ އޮތޯރިޓީ ފޯ ހެލްތީ ލޮންޖެވިޓީ" ގެ ނަމުގައި މުޅިން އާ އިދާރާއެއް އިފްތިތާހުކޮށްދެއްވާފައެވެ. މި އިދާރާގެ މައިގަނޑު މަގުސަދަކީ ދުބާއީއަކީ ސިއްހީ އަދި އުމުރު ދިގުކުރުމުގެ ސައިންސްގެ ރޮނގުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަރުކަޒަށް ހެދުމެވެ. މި މުހިންމު ފިޔަވަޅުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ދުޅަހެޔޮކަމާއެކު ދިގު މުއްދަތަކަށް ދިރިއުޅުމަށް މަގުފަހިވެގެންދާނެއެވެ. މި އޮތޯރިޓީގެ ރައީސެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ދުބާއީގެ ވަލީއަހުދު، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ޑިފެންސް ޝެއިޚް ޙަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލު ކަމަށްވާ ރައްޔިތުންގެ ސިއްހަތަށް އިންވެސްޓުކޮށް، އެމީހުންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.

  • މި އިދާރާއިން ކުރާނެ މައިގަނޑު މަސައްކަތްތައް:
  • އިންސާނާގެ އުމުރު ދިގުކުރުމާ ގުޅޭ ފަރުވާތަކާއި، ބަޔޯޓެކްނޮލޮޖީއަށް ޚާއްސަ ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވައިލުން.
  • ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ސައިންސްވެރިންނާއި ސިއްހީ މާހިރުން ދުބާއީއަށް ގެނައުމަށް މަސައްކަތްކުރުން.
  • ސިއްހީ ދާއިރާއިން އާ އިންވެސްޓްމަންޓްތައް ހޯދައި، ގައުމުގެ އިގުތިސާދަށް އޭގެ މަންފާ ހޯދައިދިނުން.
  • މެޑިކަލް އިނޮވޭޝަންތައް މެދުވެރިކޮށް ދުބާއީގެ ސިއްހީ ނިޒާމު ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުން.
  • ގައުމުގެ އެންމެ ބޮޑު ރައުސްމާލަކީ ރައްޔިތުންކަމުގައި ބަލައި، އެމީހުންގެ ދުޅަހެޔޮކަމަށް ސީދާ އިންވެސްޓްކުރުން.
  • ދުނިޔޭގެ އެވްރެޖް އުމުރަކީ 73 އަހަރު ކަމަށްވާއިރު، ޔޫއޭއީގައި ދުޅަހެޔޮކަންމަތީ އުޅެވެނީ އެވްރެޖްކޮށް 66 އަހަރުކަމަށް ވުމުން، މި މުއްދަތު ދިގުކުރުމަށް މަސައްކަތްކުރުން.
  • ދުބާއީގެ އިގުތިސާދީ އެޖެންޑާ (ޑީ33) އަށް މި މަޝްރޫއުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ކަށަވަރުކުރުން.

ދުބާއީން މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަމާއެކު ދިގު މުއްދަތަކަށް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެ ޚާއްސަ އިދާރާއެއް އުފައްދައިފިއެވެ.

ދުބާއީގެ ރޫލާ އަދި ޔޫއޭއީގެ ނައިބު ރައީސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް އިފްތިތާހް ކޮށްދެއްވި މި އިދާރާއަކީ، އެ ގައުމުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮކަމާއެކު ދިގު މުއްދަތަކަށް ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް އެހީވެދޭ ޚާއްސަ އިދާރާއެކެވެ.

"ދުބާއީ އޮތޯރިޓީ ފޯ ހެލްތީ ލޮންޖެވިޓީ" ގެ ނަމުގައި އުފެއްދެވި މި އިދާރާގެ މައިގަނޑު މަގްޞަދަކީ ދުބާއީއަކީ ސިއްޙީ ދާއިރާއިންނާއި ދުޅަހެޔޮ ސިއްހަތެއްގައި މީހުންގެ އުމުރު ދިގުކުރުމާ ބެހޭ ސައިންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަރުކަޒަށް ހެދުމެވެ.

މި އާ އިދާރާގެ ރައީސެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ދުބާއީގެ ވަލީއަހުދު، ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ޑިފެންސް ޝެއިޚް ޙަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމްއެވެ.

https://sun.mv/221442

ޝެއިޚް މުޙައްމަދު ބިން ރާޝިދު ވިދާޅުވި ގޮތުގައި ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށާއި، އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށެވެ.

މި އޮތޯރިޓީން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ އިންސާނާގެ އުމުރު ދިގުކުރުމާ ގުޅޭ ފަރުވާތަކާއި، ބަޔޯޓެކްނޮލޮޖީ އަދި މެޑިކަލް އިނޮވޭޝަންތަކަށް ޚާއްޞަ ގާނޫނީ އަދި އިދާރީ އޮނިގަނޑެއް އެކުލަވައިލުމަށެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ސައިންސްވެރިންނާއި، ސިއްޙީ މާހިރުން ދުބާއީއަށް ގެނެސް، މި ދާއިރާއިން އާ އިންވެސްޓްމަންޓްތައް ގައުމުގެ އިގްތިޞާދަށް ގެނައުމަކީވެސް މި އިދާރާގެ ބޮޑު އަމާޒެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެވްރެޖް އުމުރަކީ 73 އަހަރު ނަމަވެސް، ޔޫއޭއީގައި ދިގު މުއްދަތަކަށް ބަލިތަކާ ދުރުގައި ދުޅަހެޔޮކަންމަތީ އުޅެވެނީ އެވްރެޖްކޮށް 66 އަހަރަށެވެ.

ދުބާއީގެ އިގްތިޞާދީ އަދި ފަތުރުވެރިކަމުގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސައީދު އަލްމައްރީ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ދުބާއީގެ އިގްތިޞާދީ އެޖެންޑާ (ޑީ33) އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް