ބޭނުންވާ ގޮތަކަށް ގަވިންއިން ދޮރުފޮތި ފަހައިދޭނެ؛ މިހާރު 80 ޕަސެންޓް ޑިސްކައުންޓާއެކު

ގަވިންއިން، އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ފަހައިދޭ ދޮރުފޮތިން 80 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ގަވިންއިން، އެތެރެ ފެންނަ ދޮރުފޮއްޗާއި، އެއްވެސް ވަރަކަށް އަލި ނުވަންނަ ގޮތަށް ހުންނަ 'ބްލެކްއައުޓް' ދޮރުފޮއްޗާއި އެކި ޑިޒައިންތަކުގެ ފޮތިން ދޮރުފޮތި ފަހައިދެއެވެ. އަދި ކޮންމެ ކަސްޓަމަރަކު ބޭނުންވާ ސްޓައިލަކަށް ދޮރުފޮތި ފަހައިދޭނެއެވެ.

ދޮރުފޮތި ހަރުކުރާ ތަނެއްގެ މިން ނެގުމާއި، ދޮރުފޮތި އަޅުވައި ދިނުމުގެ މަސައްކަތް ވެސް ގަވިންއިން ކުރެއެވެ.

ގަވިންގެ ހުރިހާ ޝޯރޫމަކުން ވެސް މި ޚިދުމަތްތައް ލިބޭއިރު، ހުޅުމާލޭގައި ހުންނަ ފިހާރައިން ދޮރުފޮތީގެ އެންމެ ބޮޑު ކަލެކްޝަން ފެންނާނެކަން ފާހަގަކޮށްލެވެއެވެ.

ގަވިންއިން އުއްމީދުކުރަނީ، މިހާރު ފަށައިފައިވާ ޕްރޮމޯޝަނުގެ މުއްދަތުގައި ވީހާ ވެސް ގިނަ މީހުން މި ޚިދުމަތުގެ ބޭނުންކުރާނެ ކަމަށެވެ.

މިއީ، ގަވިންއިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ގެތަކަށް ވެސް ފެންވަރު ރަނގަޅު، އެ މީހަކަށް އެންމެ ކަމުދާ ގޮތަށް ފަހައިފައިވާ ދޮރުފޮތި ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އިންޓީރިއާ ސޮލިއުޝަންސްގެ ދާއިރާގައި ރާއްޖޭގައި މިހާރު މަގުބޫލު ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށް ހުޅުވާފައި ހުންނާނެއެވެ.

ފިހާރަތައް ހުންނާނީ:

  • ގަވިން ޑެކޯ، މާލެ: މަޖީދީމަގު، ފޯން: 9588833
  • ބާޒާރު ގަވިން، މާލެ: އެމް. އަރީކާ، ބޮޑުތަކުރުފާނު މަގު، ފޯން: 9428899
  • ގަވިން ހުޅުމާލެ: ރީތިގަސް މަގު، ފޯން: 9588899
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު