މިދިޔަ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ސަވައިވަލް ތުރިލާ "ތޫ ޔާ މޭ" މިއަދު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
މި ފިލްމަކީ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު އަދި އަދި އާދާޝް ގޯރަވް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. މިއީ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވި ޝަނާޔާ ކަޕޫރުގެ ދެވަނަ ފިލްމެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު "ތެރެ އިޝްގް މޭ" ގެނެސްދިން، ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނަށް ބިޖޯއި ނަމްބިއާއެވެ.
ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ގިނަ ބަޔަކަށް ބަލާލުމުގެ ފުރުސަތު ހޯދައިދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ޑައިރެކްޓަރު ބިޖޯއި ނަމްބިއާ ބުނެފައިވެއެވެ.
މި ފިލްމަށް ސިނަމާތަކުގައި އެދެވޭ ތަރުހީބެއް ނުލިބުނު ނަމަވެސް ފިލްމުގެ ވާހަކައަށާއި ޝަނާޔާ އަދި އާދަޝް ގޯރަވްގެ އެކްޓިންގްއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ފިލްމު "ތޫ ޔާ މޭ"ގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޑައިރެކްޓަރު ބިޖޯއީ ނަމްބިއާރު އިތުރަށް ބުނެފައިވާ ގޮތުގައި، މި ފިލްމަކީ ބަލާލަން އުނދަގޫ އަދި ހީނުކުރާ ކަންތައްތަކެއް ހިމެނޭ ގޮތަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ. އަދި އާންމުކޮށް ހިންދީ ސިނަމާގައި ނުފެންނަ ކަހަލަ ވައްޓަފާޅިއަކަށް މި ފިލްމު ހަދާފައިވާއިރު، ނެޓްފްލިކްސް މެދުވެރިކޮށް އިތުރު ބަޔަކަށް މި ފިލްމު ފެނިގެންދިއުމަކީ ލިބުނު ވަަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޝަނާޔާގެ ފުރަތަމަ ފިލްމަކީ އެކްޓަރު ވިކްރާންތު މަސީއާ އެކު ކުޅުނު ފިލްމު "އާންކޯން ކީ ގުސްތާޚިޔާން"އެވެ. އެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.