ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް، އަމްފާއާއި އެސްއެސްޓީވީ ގުޅިގެން ސިލްސިލާ ޕްރޮގްރާމެއް ފަށަނީ

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް، އަމްފާއާއި އެސްއެސްޓީވީ ގުޅިގެން ސިލްސިލާ ޕްރޮގްރާމްތަކެއް ފަށަނީ

ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތަކާއި ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އުފެއްދި "ހިމޭން އަޑު" ޓީވީ ސިލްސިލާ މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭގައި ހުންނަ ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލްގައެވެ. މިއީ މުޖުތަމައުގައި ފެތުރިފައިވާ މި ނުރައްކާތެރި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި، އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޯޑިނޭޓަރު އަމީނާ މުޙައްމަދު ދީދީ ވަނީ މި މައްސަލައިގެ ހިތާމަވެރި ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، 15 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން ކޮންމެ ތިން އަންހެނަކުން އެކަކު ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަހައްމަލު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެ ހަތަރު އަންހެނުންގެ ތެރެއިން އެކަކަށް މި އަނިޔާ ލިބެނީ އޭނާއާ އެންމެ ގާތްގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ކަމަށް ވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމައެހެންމެ، މުޖުތަމައުގެ ތެރޭގައި 26 އިންސައްތަ އަންހެނުން ބައެއް ހާލަތުތަކުގައި އަނިޔާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކޭކަމަށް ފާހަގަކުރެވުމަކީ، މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއްގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. އަމްފާގެ ރައީސް ޑރ. އިބްރަހީމް ޙަސަން ވިދާޅުވީ، 2024 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ އިތުރުން، އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުން ކަމަށެވެ. "ހިމޭން އަޑު" ސިލްސިލާގެ 11 އެޕިސޯޑުގައި، ގެވެށި އަނިޔާއާ ގުޅޭގޮތުން އާންމުން ދެކޭ ގޮތްތަކާއި، ދިވެހިންގެ އާދަކާދަތަކާއި، ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި، އަދި އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް ކިޔައިދޭނެއެވެ. މީގެ އިތުރުން ޒުވާނުންގެ ވިސްނުމާއި، މިފަދަ އަނިޔާތަކުން ސަލާމަތްވާނެ މަގުތަކާއި، އަދި މިކަމަށް ބޭނުންވާ ޚިދުމަތްތައް ހޯދާނެދިފައިވާ ސިޔާސަތުތަކުގެ މައްޗަށް މި ޕްރޮގްރާމުގައި އަލިއަޅުވާލެވޭނެއެވެ.

  • ގެވެށި އަނިޔާއަކީ ރާއްޖޭގެ މުޖުތަމައުގައި އޮތް ބޮޑު މައްސަލައެއްކަން ފާހަގަކޮށް، އެކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މި ސިލްސިލާގެ ތެރެއިން މަސައްކަތްކުރާނެއެވެ.
  • 15 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން ގިނަ ބަޔަކު އަނިޔާގެ ޝިކާރައަކަށްވަމުންދާކަން ތަފާސްހިސާބުތަކުން ހާމަވުމާއެކު، މިއީ ހައްލު ހޯދަންޖެހިފައިވާ މުހިންމު ކަމެއްކަން ސިލްސިލާގައި ހާމަކޮށްދޭނެއެވެ.
  • މި ސިލްސިލާގައި ދީނީ، އިޖުތިމާއީ، އަދި ޒުވާނުންގެ ވިސްނުމާ ގުޅޭގޮތުން މަޝްވަރާކޮށް، އަނިޔާއިން ސަލާމަތްވާނެ މަގުތައް ބަޔާންކޮށްދިނުން ހިމެނެއެވެ.
  • މި ޕްރޮގްރާމް އަންނަ އޭޕްރީލް މަހުގެ ދެވަނަ ހަފުތާއިން ފެށިގެން ސަން ސިޔާމް މީޑިއާ (އެސްއެސްޓީވީ) މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމަށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ)އިން އުފައްދާ ޓީވީ ސިލްސިލާ "ހިމޭން އަޑު" މިއަދު އިފުތިތާހުކޮށްފިއެވެ.

އަމްފާއިން ސަން ސިޔާމް މީޑިއާއާ ގުޅިގެން ތައްޔާރުކުރާ މި ސިލްސިލާ އިފުތިތާހުކުރުމަށް މިއަދު، ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި، އެ ސިލްސިލާ އުފެއްދުމާ ގުޅޭ ތަފުސީލުތައް، ކޯޑިނޭޓަރު އަމީނާ މުޙައްމަދު ދީދީ ވަނީ ހިއްސާކުރައްވައިފައެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، 15 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން، ކޮންމެ ތިން އަންހެނަކުން އެކަކު ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަޙައްމަލު ކުރާ ކަމަށެވެ.

އޭގެ ތެރެއިން، ކޮންމެ ހަތަރު އަންހެނުންގެ ތެރެއިން އެކަކަށް މި އަނިޔާ ލިބެނީ އޭނާއާ ގާތްގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ކަމަށް އަމީނާ ވިދާޅުވިއެވެ. އަދި ބައެއް ހާލަތުތަކުގައި އަނިޔާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް 26 އިންސައްތަ އަންހެނުން ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް

އަމްފާގެ ރައީސް ޑރ. އިބްރަހީމް ޙަސަން އަމްފާގެ ތައާރަފެއް ދެއްވަމުން ވިދާޅުވީ، އަމްފާއަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުމުގައި 2024 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށެވެ.

މި ސިލްސިލާ އުފެއްދީ ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާއި އޮފީސްތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އެތައް ބައިވަރު އަމިއްލަ ފަރުދުންގެ އެހީތެރިކަމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިޔާގެ ހައިކޮމިޝަންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފާހަގަކެރެއްވިއެވެ.

އަމްފާއިން ބުނި ގޮތުގައި، "ހިމޭން އަޑު"ގެ ނަމުގައި އުފައްދާ މި ސިލްސިލާގެ މައިގަނޑު މަގުސަދަކީ މި މައުޟޫއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަމާ ދޭތެރޭ އާންމުން ދެކޭ ގޮތާއި، ދިވެހީންގެ އާދަކާދައާއި މިކަމާ ހުރި ގުޅުން ހިއްސާކުރުމެވެ.

ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް

އޭގެ އިތުރުން، ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި ދީނުގައި އަންގަވައިފައި އޮންނަ ގޮތާއި ޒުވާނުންގެ ވިސްނުމާއި މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ވެސް މި ސިލްސިލާގައި ގެނެސްދޭނެއެވެ. އަދި ސަލާމަތްވާން ހުރި މަގުތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމުތައް މެދުވެރިކޮށް އާންމުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓީވީ ސިލްސިލާގައި ގެވެށި އަނިޔާ ނުވަތަ ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބެންހުރި ޚިދުމަތްތަކާއި މިކަމާ ގުޅޭ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުވާލާނެއެވެ.

ޑރ. ޙަސަން ވިދާޅުވީ، އިޖުތިމާއީ ބޮޑު މައްސަލައަކަށް ރާއްޖޭގައި ވެފައިވާ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާގެ މައްސަލަތަކަށް އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ކޮންމެވެސް ހައްލެއް ހޯދައިދެވޭތޯ، މިދިޔަ އަހަރުގެ ޖުލައި މަހު އަމްފާއިން ޚާއްސަ މަސައްކަތެއް ފެށި ކަމަށެވެ. އޭގެ ނަތީޖާއަކީ 11 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ވުޖޫދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް

އެ ރަސްމިއްޔާތުގައި އެސްއެސްމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވަނީ، އެ ސިލްސިލާ ދެއްކުމަށް އަމްފާއިން ދިން ފުރުސަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ގެވެށި އަނިޔާގެ މައްސަލައަކީ އިޖުތިމާއީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، އެ މައްސަލައަށް ހޭލުންތެރިކުރުމުގެ މުހިންމު މަސައްކަތުގައި އެސްއެސްމީޑިއާއިން ބައިވެރިވީ ކަމަށް އާސިފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ''ހިމޭންއަޑު''ގެ ދެ އެމްބެސެޑަރުން ވެސް އިޢުލާންކޮށްފައެވެ. އެއީ ހައްވާ ލީޝް އާއި ހުސެއިން ޝާދު (މަޓޭ) އެވެ.

އެސްއެސްމީޑިޔާއިން "ހިމޭންއަޑު" ދައްކަން ފައްޓާނީ އޭޕްރީލް މަހުގެ ދެވަނަ ހަފުތާގެ ތެރޭގައެވެ.

comment ކޮމެންޓް