ރޯދަމަހު އަޤްސާ މިސްކިތް ބަންދުކުރާތީ، އިޒްރޭލު ޖަވާބުދާރީކުރުވަން ރާއްޖޭން ގޮވާލައިފި

މާތްވެގެންވާ ރޯދަމަހުގެ ދުވަސްވަރު ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ބަންދުކޮށް، މުސްލިމުންނަށް އަޅުކަން ކުރުމުގެ ފުރުސަތު ނުދޭ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ މި ފަދަ އަމަލުތަކަކީ އެ މިސްކިތުގެ މުޤައްދަސްކަމަށް ބުރޫއެރުވުމުގެ އިތުރުން ރުޅިވެރިކަން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރެއެވެ. މިކަމާ ގުޅިގެން އިޒްރޭލު ޖަވާބުދާރީކުރުވުމަށާއި އިންސާނީ ހައްގުތައް ނަގާލުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.

  • މަސްޖިދުލް އަޤްސާ ބަންދުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް.
  • ދިވެހި ސަރުކާރުން އިޒްރޭލުގެ މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރޭ.
  • މިސްކިތުގެ މުޤައްދަސްކަން ގެއްލުވާލުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ގޮވާލުން.
  • އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ރާއްޖޭން ބާރުއެޅުން.

މި މާތްވެގެންވާ ރޯދަމަހު އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ މަސްޖިދުލް އަޤްސާ ބަންދުކުރާތީ، ދިވެހި ސަރުކާރުން އެކަން އެންމެ ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފިއެވެ.

ކޮންމެ ރޯދަމަހަކު ވެސް އިޒްރޭލުން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް އެތައް ޖެއްސުމެއް ކުރެއެވެ. އެ މީހުން މަސްޖިދުލް އަޤްސާއަށް ވެސް އެތައް ފަހަރަކު ކުރިން ވަދެގެންފައި ވެސް ވެއެވެ. އެ މީހުން އެ މާތް ބިމުގައި ލަވަ ކިޔާ ވެސް ކުރިން ހެދިއެވެ.

މި ރޯދަމަހު ވެސް އިޒްރޭލުގެ ސިފައިން އަންނަނީ އެ މިސްކިތުގައި ނަމާދުކުރުން މަނާކޮށް، ބަންދުކުރަމުންނެވެ.

އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މާތްވެގެންވާ ރޯދަމަހު ފަލަސްތީނުގެ މުސްލިމުން އިސްލާމުންގެ އެންމެ މާތް އެ ބިމަށް ވަނަނުދީ ބަންދުކުރުމަކީ ފާޅުކަން ބޮޑު ގޮތެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުން ކަމަށެވެ. އެއީ، އަޤްސާ މިސްކިތުގެ މުޤައްދަސްކަމާއި މަތިވެރިކަމަށް ބުރޫއަރުވައި، ރުޅިވެރިކަން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި ރާއްޖޭން ވަނީ ސިފަކޮށްފައެވެ.

އެހެންވެ، އިޒްރޭލުން އިންސާނީ ހައްގުތައް ނަގާލައި، މުސްލިމުންގެ އެ މާތް ބިމުގެ މުޤައްދަސްކަން ގެއްލުވާލަން ކުރާ މަސައްކަތް ހުއްޓުވައި، އިޒްރޭލު ޖަވާބުދާރީކުރުވަން ރާއްޖޭން ގޮވާލައި ގޮވާލުން މި ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފައެވެ.

މަސްޖިދުލް އަޤްސާއަކީ ފުރަތަމަ ޤިބްލައެވެ. އެ މުޤައްދަސް ވެގެންވާ މާތް ބިމެކެވެ.

comment ކޮމެންޓް