29،000 ޑޮލަރުގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ޑިޓިއުން ބޭންޑާ އެއްކޮޅަށް

ޑިޓިއުން ބޭންޑް: 29،000 ޑޮލަރުގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ޑިޓިއުން ބޭންޑާ އެއްކޮޅަށް --

މަޝްހޫރު ޑިޓިއުން ބޭންޑުން ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅެދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރިސޯޓުގައި މިއުޒިކް ކުޅެދިނުމަށް ތައްޔާރުވެފައި ވަނިކޮށް، އެ އެއްބަސްވުން ބާތިލުކުރުމުން ދޭން ޖެހޭ 29،000 ޑޮލަރުގެ މައްސަލައަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މިއީ، 2022 ވަނަ އަހަރުގެ ނިއު އިޔާ، ކްރިސްމަސް އަދި ރަޝިއަން އޯތޮޑޮކްސް ފެސްޓިވަލްގައި ވިޔަފާރީގެ އުސޫލުން ޑިޓިއުން ބޭންޑުން ވޮށްމުލި ރިސޯޓުގައި މިއުޒިކް ކުޅުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭ މައްސަލައެކެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ރެސިޑެންސީ ރިސޯޓުންނެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައި އޮތީ ވޮށްމުލި ރިސޯޓުން، ޑިޓިއުން ބޭންޑުން މިއުޒިކު ކުޅުމަށް ތައްޔާރުވެފައި ވަނިކޮށް، އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމަށް ނިންމައި، އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ. އެކަމުގައި ޑިޓިއުން ބޭންޑުން ވަނީ އެ އެއްބަސްވުން އުވާލާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ޚަރަދު ނަގައިދިނުމަށް އެދިފައެވެ.

https://sun.mv/213547

ޑިޓިއުން ބޭންޑަށް 29،000 ޑޮލަރު ދައްކަން، ރެސިޑެންސީ ރިސޯޓްސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ 29،000 ޑޮލަރު ނުވަތަ 447،180 ރުފިޔާ ސެއިންޓް ރޭޖިސްއިން ޑިޓިއުން ބޭންޑަށް ދައްކަން ޖެހޭ ކަމަށެވެ. އެއީ ސީދާ ގެއްލުމުގެ ބަދަލުގައި 25،000 ޑޮލަރު އަދި ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ދިޔަ 4،000 ޑޮލަރެވެ. މި މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކުރީ، ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. މާނައަކީ އެ ރިސޯޓުން ބޭންޑަށް އެ ފައިސާ ދައްކަން ޖެހުމެވެ.

ބޭންޑްގެ ފަރާތުން މި މައްސަލައިގައި ދައުވާ ކުރީ ބޭންޑްގެ ލީޑް އެއް މެންބަރު ކަމަށްވާ ފާތިމަތު ފެޒްލީންއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، 14 ދުވަހުގެ ތެރޭގައި 29،000 ޑޮލަރު ދައްކާށެވެ.

ހައިކޯޓުގައި މި މައްސަލަ ބެލީ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ހުސައިން މަޒީދު އަދި ފާތިމަތު ފަރުހީޒާއެވެ.

comment ކޮމެންޓް