ނުގަވައިދުން ވިޔަފާރި ހިންގާކަމަށް ބުނެ 6 ބިދޭސީން އިމިގްރޭޝަންގެ ދަށަށް ގެނެސްފި

9 އޮކްޓޯބަރު 2025: އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާކަމަށް ބުނެ މާލެއިން ހަ ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިއްޔެ އިމިގްރޭޝަން ޓާސްކްފޯސްއިން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ އޮޕަރޭޝަނުގައި 44 ބިދޭސީން ބަލައި ފާސްކޮށް، ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ބުންޏެވެ.

https://sun.mv/212456

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމުގެ އެކި އޮޕަރޭޝަންތައް އިމިގްރޭޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭ ވެސް ހިންގަމުންނެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ގަވައިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުސް ކޮމިޝަނަރު އިސްމާއީލް ނަވީން ވެސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.

comment ކޮމެންޓް