ކުރިން ދޫކޮށްލި ފީޗާއަކާއެކު އައިޕެޑް އޯއެސްގެ ބީޓާ އަޕްޑޭޓެއް ނެރެފި

އައިއޯއެސް 26 އިތުރު އަޕްޑޭޓްތައް ވަރަށް އަވަސްއަވަހަށް ނެރޭނެކަމަށް ބެލެވޭ ---

އެޕަލްއިން ކުރިން ދޫކޮށްލި ފީޗާއަކާއެކު އައިޕެޑް އޯއެސް 26.1 ބީޓާ 2 ނެރެފިއެވެ.

އައިޕެޑް އޯއެސް 26 އިން ތައާރަފްކުރި "ސްލައިޑް އޯވާ މަލްޓިޓާސްކިން" ފީޗާވަނީ މީގެ ކުރިން ރިލީސްކުރި ބީޓާ ވާޝަންއިން ނަގާފައެވެ. މިފީޗާ އަލުން އަނބުރާ ޔޫޒަރުންނަށް ލިބިފައިވާއިރު، މި ފީޗާ ނެގުމުން އައިޕެޑް ބޭނުންކުރާ ބައެއް ފަރާތްތަކުން އެކަމަށް ހިތާމަކޮށްފައިވެއެވެ.

މި އަޕްޑޭޓްކުރެވިފައިވާ ސްލައިޑް އޯވާ ވާރޝަން، އައިޕެޑް އޯއެސް 26 ގެ ހުރިހާ އާ މަލްޓިޓާސްކިން ފީޗާތަކާއެކު މަސައްކަތްކުރެއެވެ. މީގެ ސަބަބުން އެއްފަހަރާ ގިނަ އެޕް ވިންޑޯތައް ހުޅުވާފައި ބަހައްޓައިގެން، އެއްފަހަރާ ގިނަ އެޕްތަކަށް ވަދެވޭނެއެވެ.

https://sun.mv/211962

ސްލައިޑް އޯވާ ބޭނުންކުރުމަށްޓަކައި، އެޕް ވިންޑޯއެއްގެ ފެހި އައިކޮންގައި ފިތާލުމަށްފަހު، "އެންޓާ ސްލައިޑް އޯވާ" ބަޓަންއަށް ފިތާލަން ޖެހެއެވެ. އެޕްއެއް ސްލައިޑް އޯވާ މޯޑަށް ލުމުން، އެ އެޕް ސްލައިޑް އޯވާ ވިންޑޯއަކަށް ބަދަލުވެ، ހުޅުވާފައިވާ އެހެން އެޕްތަކުގެ މަތީގައި ފެންނަން ހުންނާނެއެވެ. އަދި ހަމައެހެންމެ ސްލައިޑް އޯވާ އެޕް ފޮރުވުމަށްޓަކައި ސްވައިޕްކޮށްލެވޭނެއެވެ. އަދި އަނބުރާ ގެނައުމަށްވެސް ސްވައިޕްކޮށްލެވޭނެއެވެ.

އައިޕެޑް އޯއެސް 26.1 ގައި ސްލައިޑް އޯވާ ވިންޑޯގެ ސައިޒް ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

އައިޕެޑް އޯއެސް 26.1 ބީޓާ 2 ގައި ސްލައިޑް އޯވާ އިން އިތުރު އެއް އެޕަށް ސަޕޯޓްކުރެއެވެ. އެހެންކަމުން މިއީ ކުރީގެ ސްލައިޑް އޯވާ ވާޝަންއާ އެއްގޮތް ނޫންނަމަވެސް، މި ފީޗާ ނެތިގެން އުޅުނު ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ސްލައިޑް އޯވާ އަކީ އައިޕެޑްގައި މަލްޓިޓާސްކިން ކުރުމަށް އެޕަލްއިން ތަޢާރަފްކުރި ފީޗާއެކެވެ. މީގެ ސަބަބުން ޔޫޒަރުންނަށް އެއްފަހަރާ އެއް އެޕް ބޭނުންކުރަމުން ވެސް، އެހެން އެޕެއް ކުޑަ ވިންޑޯއެއްގެ ގޮތުގައި ސްކްރީންގެ އެއްފަރާތުގައި ހުޅުވައިގެން ބޭނުންކުރެވޭނެއެވެ.

މި ފީޗާ ވަރަށް ގިނަ ބަޔަކު ބޭނުންކުރި ނަމަވެސް، އައިޕެޑް އޯއެސް 26 އާއެކު މި ފީޗާ ނެގުމުން ބައެއް ޔޫޒަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. ޚާއްސަ ގޮތެއްގައި ދުވާލުވަގުތު ގިނައިން އައިޕެޑް ބޭނުންކުރާ ޕްރޮފެޝަނަލް ޔޫޒަރުންނާއި، އެޑިޔުކޭޝަނަލް ދާއިރާގައި އައިޕެޑް ބޭނުންކުރާ ފަރާތްތަކުން މި ފީޗާ ނެތުމުން ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

މިހާރު މި ފީޗާ އަނބުރާ އައިޕެޑް އޯއެސް 26.1 ބީޓާ 2 އާއެކު ގެނެސްފައިވާއިރު، މިއީ ކުރިން އެޕަލްއަށް ފާޑުކިޔުންތައް އަމާޒުވި ފީޗާތައް އަނބުރާ ގެނައުމުގެ އެޕަލްގެ އާ އާދައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ކުރިންވެސް މިފަދަ ކަންތައްތަކެއް އެޕަލްއިން ވަނީ ކޮށްފައެވެ.

comment ކޮމެންޓް