ޕްރެޒެންޓަރު އިނާޔަތުއާ އެކު ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް

މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ތިން މީހުން: ފިރިހެން މީހާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައި --

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާ އެކު ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

އިނާޔާއާ އެކު ޖުމުލަ ތިން މީހުން ހައްޔަރު ކުރިއެވެ. އެއީ، މިއަދު ބަންދު މުއްދަތު އިތުރު ކުރި މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ) އަދި އޭނާގެ ކޮއްކޮ މއ. މަޒާގެ، އާމިނަތު އިލްޔީން އަޙްމަދު (25އ)އެވެ. އެކަމަކު، އިނާޔާއާއި އިލްޔީން މިހާރުވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މި ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ބުންޏެވެ.

https://sun.mv/212189

ފިރިހެން މީހާ އިތުރު 30 ދުވަހަށް ބަންދުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި 1246 ގްރާމްގެ މަސްތުވާތަކެތި ފެނުނީ އޭނާގެ ގެއިންނެވެ.

އައިޝްގެ ބަންދަށް އިތުރު 30 ދުވަސް ޖެހި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައާއި ގުޅިގެން އައިޝްގެ ބަންދު 30 ދުވަހަށް އިތުރުކޮށްފައިވާއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ، އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި، ބޮޑު ޖޫރިމަނާއެއް ވެސް އަންނާނެއެވެ.

comment ކޮމެންޓް