ބޮކްސާ ތެރެއިން ޑުރަގު ފެނިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މަތިންދާބޯޓެއް: ބޮކްސާ ތެރެއިން ޑުރަގު ފެނިގެން ހައްޔަރުުކުރި މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

ރާއްޖެ އައިއިރު ބޮކްސާ ތެރެއިން ޑުރަގު ފެނިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި 50 އަހަރުގެ އައްޑޫ ސިޓީ މަރަދުއަށް ނިސްބަތްވާ މީހެއް ހައްޔަރުކުރީ މިދިޔަ މަހު ހަވަނަ ދުވަހެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ވަނީ 30 ދުވަސް ޖަހާފައެވެ. އެ މުއްދަތު ވަނީ މިއަދުގެ ނިޔަލަށް ހަމަވެފައެވެ.

އެހެންވެ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން މިއަދު ވަނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ބަންދު އަމުރުގެ ރިޕޯޓުގައި ވާގޮތުން އޭނާއަށް ދެކޮޅަށް ގިނަ ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ތަހުގީގު ރިޕޯޓާއި، މަސްތުވާތަކެއްޗަށް ތަހުލީލުކުރި ލިޔުންތަކާއި، އެހެނިހެން ހެކި ހިމެނޭކަމަށް ރިޕޯޓުގައިވެއެވެ. އަދި، އެ މީހާގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

https://sun.mv/210956

އަމުރުގައިވާ ގޮތުން ކަސްޓަމްސްގެ ލިޔުންތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ރާއްޖެ އައިއިރު، އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މީގެ ކުރިން އޭނާ ބަންދުކުރި އަމުރުގައިވާގޮތުން އޭނާ އަތުން 250 ގްރާމްގެ މެފްޑްރޯން ފެނުނެވެ. މީގެ ކުރިން ވެސް ހައްޔަރާއި ބަންދުކުރުމުގެ ލޮގް އޮތް އެ މީހާ ބުނި ގޮތުގައި، އެ މައްސަލައިގައި އިތުރު އެހެން މީހަކު ވެސް ހިމެނެއެވެ. ނަމަވެސް، އަސްލު މީހާ ހޯދަން ފުލުހުން މަސައްކަތް ނުކުރާކަމަށް އޭނާ ބުނި ކަމަށް އަމުރުގައިވެއެވެ.

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ ވަރަށް ގިނަ މީހުންހެން، އެއާޕޯޓުތަކުން ފާހަގަވެ ފުލުހުންނާ ހަވާލުކުރެއެވެ. މީގެ އިތުރުން ކުރިއާ ނުވަތަ ޕޯސްޓު މެދުވެރިކޮށް ވެސް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރުން ވެސް އާންމެވެ.

comment ކޮމެންޓް