މާލޭގައި މިރޭ ދެ ބިދޭސީ ފިރިހެނުން މާރާމާރީ ހިންގައި، އެކެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައުލޫމާތު މިރޭ 19:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީ ހިންގައިފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި އެކަކުގެ ބޯ ފެޅި، އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބިދޭސީންގެ މެދުގައި މާރާމާރީތައް ހިންގައި، ބައެއް ފަހަރު ސީރިއަސް އަނިޔާތައްކޮށް، މަރާލުމުގެ ހާދިސާތައް ވެސް ހިނގައިފައި އެބަހުއްޓެވެ.