ޔަމާލަށް އަނިޔާވެ ތިން ހަފުތާއަށް ކުޅުމާ ދުރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ގައުމީ ފޯވާޑް ލަމީން ޔަމާލަށް އަނެއްކާ ވެސް އަނިޔާވެ، ތިން ހަފުތާއެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 18 އަހަރުގެ ޔަމާލްގެ މި އަނިޔާއާ ގުޅިގެން މި މަހު ސްޕެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ކުޅުމުގެ ފުރުސަތެއް އޭނާއަށް ނެތެވެ.

ޔަމާލްއަށް އަނިޔާވެފައިވަނީ އޭނާގެ އުކުޅުވަޅަށެވެ. މަދުވެގެން ތިން ހަފުތާއަށް އޭނާ ކުޅުމަށްދާން ޖެހޭނެކަން ޑޮކްޓަރުން ބުނެފައިވާއިރު، އޭގެ ކުރިން އަނިޔާއިން ރަނގަޅުވޭތޯ މަސައްކަތްކުރާނެ ކަމަށް ޔަމާލް ބުންޏެވެ.

މީގެ އިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގައި ވާދަވެރި ވަރުގަދަ މެޗުތަކެއް ޔަމާލަށް ގެއްލޭނެއެވެ. އެހެންކަމުން މިއީ އެ ކުލަބަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. ވަރުގަދަ މެޗުތަކުގެ ތެރޭގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަަށް ކުޅޭ މެޗު ވެސް ހިމެނުން ގާތެވެ.

މިއީ މި ސީޒަނުގައި ގާތްގާތުގައި ޔަމާލަށް އަނިޔާވި ދެ ފަހަރެވެ. އެންމެ ފުރަތަމަ އަނިޔާވީ ސްޕެއިނުގެ ގައުމީ ޓީމާއެކު ހުއްޓައެވެ. މިހެންވެ ގައުމީ ކޯޗު ލުއިސް ޑެލަފުއެންޓޭއާއި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ.

މި ވަގުތު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން ލަމީން ޔަމާލްއަކީ އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ވެސް ދެވަނަ ހޯދާފައިވާ ކުޅުންތެރިޔަކީ ލަމީން ޔަމާލެވެ. އަދި، ސްޕެނިޝް ލީގުގައި މިހާރު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ އުންމީދީ ކުޅުންތެރިއަކީ ވެސް ސްޕެއިންގެ ލަމީން ޔަމާލްއެވެ.

comment ކޮމެންޓް