އަށް ގެއާއި ކަޓަމަރާނެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ އެކު އިއްޔެ ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދުއަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެއީ، 30 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. ދެ މީހުން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ފުލުހުން ބުނީ، ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނ. އަތޮޅު ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވެލިދޫގެ ހަތް ގެއާއި މިލަދޫގެ ގެއެއްގެ އިތުރުން ކަޓަމަރާނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ސަންއަށް އެނގިފައިވާގޮތުގައި މި އޮޕަރޭޝަންގައި މަސްތުވާތަކެތި ފެނިފައި ވަނީ ވެލިދޫން ބަލައިފާސްކުރިން ގެއަކުންނެވެ. ކަޓަމަރާނިން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. އަދި މީހުން ހައްޔަރު ކުރީ ވެސް ވެލިދޫންނެވެ.
އެގެތައް ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 11.66 ގުރާމުގެ ތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 10،500 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ ތަކެތި ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ ފަސް ދުވަހަށް އަދި 29 އަހަރުގެ މީހާ ހަތް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.